ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޚާއްސަ ތިން އެވޯޑެއް ރާއްޖެއަށް!

ދައުލަތުގެ މިނިސްޓަރުންނާއި ސަން ސިޔާމް ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު އަދި ޗެއާމަން، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރައީސް އާ އެކު -- ޓްވިޓާ ފޮޓޯ

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ޚާއްސަ ތިން އެވޯޑެއް ލިބިއްޖެ އެވެ.

ސަން ސިޔާމް އިރުފުށި ބީޗް އެންޑް ސްޕާ ރިސޯޓުގައި މިރޭ ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފިނާލޭ ހަފްލާގައި ރާއްޖެއަށް ލިބިފައިވަނީ އެންމެ މަގުބޫލު ޑައިވް ޑެސްޓިނޭޝަންގެ އެވޯޑާއި، ދުނިޔޭގެ އެންމެ މަގުބޫލު ސްޕާ ޑެސްޓިނޭޝަންގެ އެވޯޑާއި ދުނިޔޭގެ އެންމެ މަގުބޫލު ބީޗް ޑެސްޓިނޭޝަން އެވޯޑެވެ.

މި ތިން އެވޯޑުގެ އިތުރުން، ދުނިޔޭގެ އެންމެ މަގުބޫލު ވޯޓާ ވިލާ ރިސޯޓުގެ އެވޯޑު ލިބިފައިވަނީ، ސަން ގްރޫޕުން ހިންގާ ސަން އަކުއާ ވިލުރީފަށެވެ. އަދި ދުނިޔޭގެ އެންމެ މަގުބޫލު އެއާޕޯޓް ހޮޓެލްގެ އެވޯޑުވެސް ލިބިފައިވަނީ ރާއްޖޭގެ ގައުމީ އެއާޕޯޓު ކަމުގައިވާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ހުޅުލޭ އައިލެންޑް ހޮޓަލަށެވެ. އަދި އެންމެ މަގުބޫލު ޕްރައިވެޓް އައިލޭންޑުގެ އެވޯޑުވެސް ލިބިފައިވަނީ ރާއްޖޭގައި ހިންނާ ކޮކޯ އައިލެންޑް ރިސޯޓަށެވެ.

މިފަހަރުގެ ވޯލްޑް ޓްރަވެލް އެވޯޑްސްގައި ރާއްޖެއަށް ވަނީ އެންމެ މަގުބޫލު ޑައިވް ޑެސްޓިނޭޝަންގެ އެވޯޑާއި، ދުނިޔޭގެ އެންމެ މަގުބޫލު ސްޕާ ޑެސްޓިނޭޝަންގެ އެވޯޑާއި ދުނިޔޭގެ އެންމެ މަގުބޫލު ބީޗް ޑެސްޓިނޭޝަން އެވޯޑް ލިބިފައި -- ފޮޓޯ: ޓްވިޓަރ

މިރޭގެ އެވޯޑު ހަފްލާގައި، ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ދުވަސްވީ ފަރާތަކަށް ދޭ، ވޯލްޑް ޓޫރިޒަމް ޕައިނިއާ އެވޯޑު ލިބިވަޑައިގަތީ ސަން ސިޔާމް ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު އަދި ޗެއާމަން، އަހުމަދު ސިޔާމް މުހައްމަދަށެވެ.

އިރުފުށީގައި ބޭއްވި އެ ހަފްލާގައި ދިވެހި ދައުލަތުގެ މިނިސްޓަރުންނާއި، ބައިނަލްއަގުވާމީ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ އިސްވެރިންނާއި އެކިއެކި ފަރާތްތަކުން ބައިވެރިވި އެވެ.

comment ކޮމެންޓް