ސޮސިއެޑާޑް އަތުން އެއްވަރުވެ، ބާސާ އަށް އިތުރު ޕްރެޝަރުތަކެއް

ސްޕެނިޝް ލަލީގާގައި ރެއާލް ސޮސިއެޑާޑް އާއި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

ސްޕެނިޝް ލަލީގާގައި ރެއާލް ސޮސިއެޑާޑް އަތުން އެއްވަރުވެ، ބާސެލޯނާ އަށް އިތުރު ޕްރެޝަރުތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު ލަލީގާ މެޗުގައި ރެއާލް ސޮސިއެޑާޑް އަތުން ބާސެލޯނާ އެއްވަރުވީ 1-1 ލަނޑުންނެވެ. ބާސާ އަށް 2007 ވަނަ އަހަރަށް ފަހު ސޮސިއެޑާޑްގެ ދަނޑުގައި މޮޅެއް ހޯދިފައެއް ނުވެ އެވެ.

ސްޕެނިޝް ލަލީގާގައި ރެއާލް ސޮސިއެޑާޑް އާއި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

އެ ނަތީޖާއާ ގުޅިގެން މިހާރު ލަލީގާގެ އެއް ވަނާގައި އޮތް ރެއާލް އާއި ދެ ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތީ ހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ރެއާލް އަށް 33 ޕޮއިންޓް ލިބިފައިވާ އިރު، ބާސާ އާއި ތިން ވަނައިގައި އޮތް ސެވިއްޔާ އަށް ވެސް ލިބިފައި ވަނީ 27 ޕޮއިންޓެވެ. ބާސާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެމުންދިޔައީ ސޮސިއެޑާޑުންނެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅު ސޮސިއެޑާޑްގެ ސްޕެއިން މިޑްފީލްޑަރު ޒަބީ ޕްރިއެޓޯ އަށް ތިން ފުރުސަތެއް ލިބިގެންދިޔަ އެވެ. އޭނާ އުފެއްދި އެއް ހަމަލާ ބާސާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން މަތަކުރި އިރު، އަނެއް ދެ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

ސްޕެނިޝް ލަލީގާގައި ރެއާލް ސޮސިއެޑާޑް އާއި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

ބާސާގެ ނުރައްކާތެރި ފޯވަޑް ލައިނުގައި ލިއޮނެލް މެސީ އާއި، ނޭމާ އަދި ލުއިސް ސުއަރޭޒް ހިމެނުނު ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ބާސާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ސޮސިއެޑާޑުން ވަނީ ލަނޑެއް ޖަހައި، ބާސާ ހާސްކޮށްލައިފަ އެވެ. ސޮސިއެޑާޑް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް ފޯވަޑް ވިލިއަން ހޯސޭ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކާލޮސް ވެލާ އުފެއްދި ހަމަލާ، ޓާ ސްޓެގެން މަތަކުރުމާ އެކު ލިބުނު ރީބައުންސް ބޯޅައިންނެވެ.

ސްޕެނިޝް ލަލީގާގައި ރެއާލް ސޮސިއެޑާޑް އާއި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

ބާސާ އިން ވަނީ ސޮސިއެޑާޑުން ލީޑު ހޯދިތާ ހަ މިނެޓް ފަހުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. ނޭމާ ދިން ބޯޅައަކުން ބާސާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އެވެ.

މެޗުގެ ދެ ވަނަ ހާފުގެ ފަހުކޮޅު ސޮސިއެޑާޑަށް އަލުން ލީޑު ހޯދުމަށް ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ކާލޮސް ވެލާ އަށް ލިބުނު ބޯޅައިން އުފެއްދި ހަމަލާ ބާސާގެ ގޯލުގެ ދަނޑި އަށް އަމާޒުވި އިރު، އެސްޓެބެން ގްރެނޭރޯ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

comment ކޮމެންޓް