ހުޅުމާލެ ސެންޓްރަލް ޕާކުގެ އައުޓްޑޯ ޖިމް ރަސްމީކޮށް ހުޅުވައިފި

27 ނޮވެމްބަރ 2016: ހުޅުމާލޭ ސެންޓްރަލް ޕާކުގެ އައުޓްޑޯ ޖިމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ ޖިމް ހުޅުއްވައި ދެއްވީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އަދަމް ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހުޅުމާލޭ ޔޫތު ސިޓީގައި ދިރިއުޅޭ އާންމުންނަށް ހާއްސަކޮށްގެން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ތަރައްގީކުރަން ހަމަޖެހުނު އައުޓްޑޯ ޖިމް ރަސްމީކޮށް ހުޅުވައިފި އެވެ.

މިއަދު ހަވީރު ހުޅުމާލޭ ޔޫތު ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ހުޅުމާލެ ސެންޓްރަލް ޕާކްގެ އައުޓްޑޯ ޖިމް ރަސްމީކޮށް ހުޅުއްވައިދެއްވީ، ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް އެވެ. ކުޅިވަރާބެހޭ ވަޒީރުގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

27 ނޮވެމްބަރ 2016: ހުޅުމާލޭ ސެންޓްރަލް ޕާކުގެ އައުޓްޑޯ ޖިމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ ޖިމް ހުޅުއްވައި ދެއްވީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އަދަމް ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސެންޓްރަލް ޕާކްގެ ރެކްރިއޭޝަން ޒޯންގެ ދަށުން ތަރައްގީކުރަން ހަމަޖެހުނު އައުޓްޑޯ ޖިމްގައި ކަސްރަތު ކުރުމަށް ތަފާތު 18 އިކުއިޕްމަންޓް އެކުލެވެ އެވެ. އެ އިކުއިޕްމަންޓްތަކުގެ ބޭނުން އެއް ވަގުތެއްގައި 32 މީހުންނަށް ބޭނުންކުރެވޭނެ އެވެ.

އޭގެ އިތުރުން އެ ޖިމްގައި ކަސްރަތުކުރާން ހާއްސަކޮށްފައިވާ ތަނަކާއި، ކެނޮޕީ އަދި އައުޓްޑޯ ސްޕޯޓްސް ފްލޯރިންގް އެއް ވެސް ހިމެނެ އެވެ. އެއް ވަގުތެއްގައި 100 މީހުންނަށް އެ ތަންތަނުގެ ބޭނުން ހިފޭނެ އިންތިޒާމް ހަމަޖެހިފައިވެ އެވެ.

27 ނޮވެމްބަރ 2016: ހުޅުމާލޭ ސެންޓްރަލް ޕާކުގެ އައުޓްޑޯ ޖިމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ ޖިމް ހުޅުއްވައި ދެއްވީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އަދަމް ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސެންޓްރަލް ޕާކްގެ އައުޓްޑޯ ޖިމް އަކީ އެ ޕާކުގެ ރެކްރިއޭޝަން ޒޯނުގައި ހިމެނޭ ފެސިލިޓީ އެކެވެ. ރެކްރިއޭޝަން ޒޯނުގައި ހިމެނޭނީ ދުޅަހެޔޮ ސިއްހަތެއްގައި އާންމުން ދެމިތިބުމަށް ރެކްރިއޭޝަން ހަރަކާތްތަކަށް ތަރައްގީކުރާ ތަންތަނެވެ.

comment ކޮމެންޓް