35 ޓީމަކާއެކު އަންނަ އާދީއްތަ ދުވަހު ތިންވަނަ ޑިވިޝަން ފަށަނީ

މިދިޔަ އަހަރުގެ ތިން ވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގެ ތެރެއިން: މި އަހަރު މުބާރާތް އަންނަ އާދީއްތަ ދުވަހު ފެށިގެންދާނެ ---

ޖުމްލަ 35 ޓީމަކާ އެކު އަންނަ އާދީއްތަ ދުވަހު ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިއްޖެ އެވެ.

އެ މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު އެފްއޭއެމް ހައުސްގައި އިއްޔެ ބޭއްވުނު އިރު، މުބާރާތުގައި ބައިވެރިވި 35 ޓީމު ވަނީ 11 ގްރޫޕަކަށް ބަހާލައިފަ އެވެ. ގްރޫޕް 10 އަދި 11 ފިޔަވާ ކޮންމެ ގްރޫޕެއްގައި ވެސް ހިމެނެނީ ތިން ޓީމެވެ. ގްރޫޕް 10 އަދި 11ގައި ހިމެނެނީ ހަތަރު ޓީމެވެ.

އެ މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ކްލަބު ގާމަގާއި ކްލަބު ކްލަބު ޑްރިބްލިންގް ސްޓާސް އެވެ. ގްރޫޕް އެކެއްގެ އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރު އެފްއޭއެމް ޓާފް އެއް ނަންބަރު ދަނޑުގައެވެ. އެ މުބާރާތުގެ މެޗުތައް ޓާފް އެއް ނަންބަރު ދަނޑުގެ އިތުރުން ހެންވޭރު ދަނޑުގައި ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ.

ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތައް:

ގްރޫޕް 1- ކްލަބު ގާމަގު، ކްލަބު ޑްރިބްލިންގް ސްޓާސް، އޮފް އެފްސީ.

ގްރޫޕް 2- ކްލަބު ނިއު އޯޝަންސް، ވޭލިއެންޓް ސްޕޯޓްސް ކްލަބު، ވީކޭ ސްޕޯޓްސް ކްލަބު.

ގްރޫޕް 3- ބުރު ސްޕޯޓްސް ކްލަބު، ކްލަބު އަމީގޯސް، އަވާ ރެކްރިއޭޝަން ކްލަބު.

ގްރޫޕް 4- ޓެންޓް ސްޕޯޓްސް ކްލަބު، މަސްއޮޑި ސްޕޯޓްސް ކްލަބު، ފެލްކަން ސްޕޯޓްސް ކްލަބު.

ގްރޫޕް 5- އެމްއެސް ހެލްޕިންގް ހޭންސް އެސްއޭ، އެލްޓީ ސްޕޯޓްސް ކްލަބު، ސީލޭންޑް ސްޕޯޓްސް ކްލަބު.

ގްރޫޕް 6- ސެންޓް ސްޕޯޓްސް ކްލަބު، ކޮންފެޔާ ސްޕޯޓްސް ކްލަބު، ވައިކަރަދޫ އެފްސީ.

ގްރޫޕް 7- ކުޑަހެންވޭރު ޔުނައިޓެޑް، ޔޫތު ރިވޮލިއުޝަން ކްލަބު، ރޮކް ސްޓްރީޓް ސްޕޯޓްސް ކްލަބު.

ގްރޫޕް 8- ވިލިމާލެ ޔުނައިޓެޑް، ރެޑް ލައިން ކްލަބު، ލެގޫންސް ސްޕޯޓްސް ކްލަބު.

ގްރޫޕް 9- މުއިވެޔޮ ފްރެންޑްސް ކްލަބު، ކުމުންދޫ ވައިއެފްސީ، އެލްކިޔު ސްޕޯޓްސް ކްލަބު.

ގްރޫޕް 10- ސްޕޯޓްސް ކްލަބު ރިވަލްސާ، ސީބީއެލް ސްޕޯޓްސް، ކްލަބު އޯލް ސްޓާ، ބިސް ބުރު ސްޕޯޓްސް.

ގްރޫޕް 11- ޔޫއެން ފްރެންޑްސް، ސުޕާ ޔުނައިޓެޑް ސްޕޯޓްސް، ދަ ބައުސް ސްޕޯޓްސް ކްލަބު، ނަޒާކީ ފުޓްބޯލް ކްލަބު.

comment ކޮމެންޓް