ކުޑަ އަންހެންކުދީން މުސްތަގުބަލަށް ކުރާ އުންމީދުތައް ބަލައިގަންނަންޖެހޭ: ދުންޔާ

13 ނޮވެމްބަރ 2016: ޔޫއެންއެފްޕީއޭއިން އަހަރަކު އެއްފަހަރު ނެރޭ ސްޓޭޓް އޮފް ވޯލްޑް ރިޕޯޓު ރާއްޖޭގައި ރަސްމީކޮށް ނެރުން: މި ރިޕޯޓު ނެރެދެއްވީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން --ސަން ފޮޓޯ: މުހައްމަދު އަފްރާހް

އަންހެން ކުދިންނަށް މުޖުތަމައުގައި ރަނގަޅު ސިއްހީ ފަރުވާއާއި ތައުލީމުގެ ފުރުސަތުތައް ކަށަވަރުކޮށްދޭންޖެހޭ ކަމަށާއި، އެކުދީން މުސްތަގުބަލަށް ކުރާ އުންމީދުތަކާއި ހުވަފެންތައް މުޖުތަމައުން ބަލައިގަނެ، އެކަންކަން ހާސިލުކުރުމަށް އެހީތެރިވާންޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

އދ.ގެ، ދުނިޔޭގެ އާބާދީއާ ބެހޭ ފަންޑު، ޔޫއެންއެފްޕީއޭއިން އަހަރަކު އެއްފަހަރު ނެރޭ ސްޓޭޓް އޮފް ވޯލްޑް ޕޮޕިއުލޭޝަން ރިޕޯޓު މިއަދު ރާއްޖޭގައި ރަސްމީކޮށް ވަނީ ލޯންޗުކޮށްފައެވެ. އެ ރިޕޯޓު ނެރެދެއްވީ ދުންޔާއާއި، ޔޫއެންއެފްޕީއޭގެ ރާއްޖޭގެ ކަންޓްރީ ޑައިރެކްޓަރ އެލަން ސިބަނެލަރއެވެ.

މިއަހަރުގެ ރިޕޯޓު ޚާއްސަވެފައި އޮތީ 10 އަހަރުގެ އަންހެން ކުދީންގެ މުސްތަގުބަލު ބިނާކުރުމާއި އެކުދިންނަށް ހޭދަކޮށް، އެހީތެރިވެދިނުމާ ގުޅޭގޮތުންނެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ، ރާއްޖޭގައި އެންމެ ފަހުން ކުރިޔަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި، ރާއްޖޭގެ 67 ޕަސަންޓު އާބާދީއަކީ ކުޑަކުދިން ކަމަށާއި، އޭގެ ތެރެއިން 2،500 އެއްހާ ކުދިންނަކީ 10 އަހަރުގެ އަންހެން ކުދިން ކަމަށެވެ.

13 ނޮވެމްބަރ 2016: ޔޫއެންއެފްޕީއޭއިން އަހަރަކު އެއްފަހަރު ނެރޭ ސްޓޭޓް އޮފް ވޯލްޑް ރިޕޯޓު ރާއްޖޭގައި ރަސްމީކޮށް ނެރުން: މި ރިޕޯޓު ނެރެދެއްވީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން --ސަން ފޮޓޯ: މުހައްމަދު އަފްރާހް

ދުންޔާ ވިދާޅުވީ، ކުރިޔަށް އޮތް 15 އަހަރު ތެރޭގައި އެކުދީން ފުރާވަރުގެ އުމުރު ފަހަނައަޅައި، ބޮޑެތި މީހުންނަށް ވާނެ ކަމަށާއި، އެ މަރުހަލާގެ ތެރޭގައި، އެކުދިން ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މުޖުތަމައުގައި ހުރި ހުރަސްތައް ނައްތާލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ޖެހޭ މުޖުތަމައުގައި، އެކުދިންނަށް ރަނގަޅު ކޮލިޓީގެ ސިއްހީ ޚިދުމަތާއި ތައުލީމު ލިބޭނެކަން ކަށަވަރު ކުރަން. ހަމަނުޖެހުމާއި އަނިޔާއިން އެކުދިން ރައްކާތެރިކޮށްދޭންޖެހޭ. އަދި ޒުވާން އުމުރުގައި ގަދަކަމުން ކައިވެނިކުރުވުމާއި ކުދިން ހޯދުން ފަދަ ހާލަތްތަކަށް އެކުދިން ނުވައްދާނެ ކަން ކަށަވަރުކުރަން ޖެހޭ،

"ކުރު ގޮތަކަށް ބުނާ ނަމަ، އެކުދީންގެ އުންމީދުތަކާއި ހުވަފެންތައް އަޅުގަނޑުމެން ދެނެގަނެ، ގަބޫލުކޮށް، ބަލައިގަންނަންޖެހޭ. އަދި ހަޔާތުގައި ރަނގަޅު ނިންމުންތައް ނިންމުމަށް އެކުދިންނަށް ބޭނުންވާ ހުނަރުތައް ވެސް އެކުދިންނަށް ދަސްކޮށްދޭން އެބަ ޖެހޭ،" ދުންޔާ ވިދާޅުވިއެވެ.

13 ނޮވެމްބަރ 2016: ޔޫއެންއެފްޕީއޭއިން އަހަރަކު އެއްފަހަރު ނެރޭ ސްޓޭޓް އޮފް ވޯލްޑް ރިޕޯޓު ރާއްޖޭގައި ރަސްމީކޮށް ނެރުން: މި ރިޕޯޓު ނެރެދެއްވީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން --ސަން ފޮޓޯ: މުހައްމަދު އަފްރާހް

ދުންޔާ ވިދާޅުވީ، ދުނިޔޭގެ އެކި ހިސާބުތަކާއި، ސަރަހައްދީ ގައުމުތަކުގައި ވެސް ކުޑަ އަންހެން ކުދިންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން އެނގެން އެބަ އޮތް ކަމަށެވެ. އެގޮތުން ކުޑައިރު ކައިވެނިކުރުމާއި ބަލިވެ އިންނަން ޖެހުމާއި، ޖިންސީ ތަފާތުކުރުމުގެ ސަބަބުން ސިއްހީ ޚިދުމަތާއި ތައުލީމު ލިބުމަށް ހުރަސް އެޅުން ފަދަ ކަންކަން ގައުމުތަކުގައި ވަމުންދާ ކަމަށް ދުންޔާ ފާހަގަކުރެއްވިއެވެ.

"އެގައުމުތަކުގައި އަންހެނުންނަށް ވަޒީފާގެ ފަހި ފުރުސަތުތަކަކާއި، ވަޒީފާ އަދާކުރާ އަންހެނުންނަށް އެމީހުންގެ ދަރީން ބެލޭނެ އިންތިޒާމުތަކެއް ހަމަޖައްސާފައި އޮތުން މުހިންމު. ރާއްޖެއަށް ބަލާއިރު، މިހާ ހިސާބަށް މި ދާއިރާގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ދޫކޮށްނުލައި ހިފެހެއްޓުމަށް މަސައްކަތް ކުރަން އެބަ ޖެހޭ،" ދުންޔާ ވިދާޅުވިއެވެ.

ޔޫއެންއެފްޕީއޭގެ ރާއްޖޭގެ ކަންޓްރީ ޑިރެކްޓަރު އެލަން ސިބެނެލަރ--ސަން ފޮޓޯ: މުހައްމަދު އަފްރާހް

މި ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން ޔޫއެންއެފްޕީއޭގެ ރާއްޖޭގެ ކަންޓްރީ ޑައިރެކްޓަރ އެލަން ސިބަނެލަރ ވިދާޅުވީ، މުޅި ދުނިޔޭގައި ވެސް 10 އަހަރުގެ އަންހެން ކުދީންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައިން ދިރިއުޅެނީ އޭޝިއާ ބައްރުގައި ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމަކަށް ވެފައި، ރާއްޖޭގައި ތަރައްގީގެ ކަންކަން ހާސިލުކުރަން ފަސޭހަ ކަމުން، މި ރިޕޯޓުގައި ބުނާ ކަންކަންވެސް ރާއްޖޭގައި ހާސިލުވާ މިންވަރު ބަލަން ޖެހޭނެ ކަމަށެވެ.

"ރާއްޖޭގައި ރަނގަޅު ތައުލީމާއި ސިއްހީ ނިޒާމެއް އެބަ އޮތް. އެހެންވެ އެބަ ޖެހޭ ބަލަން، ކުރިޔަށް އޮތް 14 އަހަރު ދުވަހު، މިއަދުގެ 10 އަހަރުގެ އަންހެން ކުދިންނަށް ވާ ގޮތް ބަލަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް