ރެޑްވޭވް ސަލީމާއި އެމްޕީ ޝުޖާއު ރައީސް ޔާމީން ފެކްޝަނާ ގުޅިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު -- ސަން ފޮޓޯ: އަހްމަދު އާޒިފް

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފެކްޝަނާ ގުޅިވަޑައިގެންފިއެވެ.

މި ދެބޭފުޅުންނަކީ، ޕީޕީއެމް ތެރޭގައި ޚިޔާލުތަފާތުވުން އުފެދި، ޕާޓީ ދެބަޔަކަށް ބެހިގެން ދިޔުމުން، މިދިޔަ މަހުގެ ތެރޭގައި ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ބައިއަތު ހިއްޕަވައިގެން ތިއްބެވި ދެ ބޭފުޅުންނެވެ.

މިއަދު ރައީސް ޔާމީން ބައިވެރިވެވަޑައިގެން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް މައުމޫން ފެކްޝަންގައި މަސައްކަތް ކުރެއްވިއިރު، އެ ދެ ބޭފުޅުން ވަނީ މައުމޫން ފެކްޝަންގެ ބޭފުޅުންނާ ގުޅިގެން މަޖިލީހުގެ ތެރެއިން މަސައްކަތްތަކެއް ކުރުމަށް ނިންމަވާފައެވެ.

މައުމޫން ފެކްޝަނާ މިދިޔަ މަހު ގުޅިވަޑައިގަތުމަށްފަހު ސަލީމް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ ތާއީދާއެކު މަޖިލީހުން ފާސްކުރި ބައެއް ގާނޫނުތައް ބަލައިނުގަންނަ ކަމަށް ވެސް ސަލީމް ވަނީ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް