ޓޮބްލެރޯން ޗޮކްލެޓުގެ ބައްޓަން ބަދަލުކޮށްފި

ޓޮބްލެރޯންގެ ޝޭޕަށް ގެނައި ބަދަލު ---

މަޝްހޫރު ޗޮކްލެޓް ބްރޭންޑު، ޓޮބްލެރޯންގެ ބައްޓަމަށް ބޮޑު ބަދަލެއް ގެނެސް ޗޮކްލެޓު ބާގައި ހިމެނޭ ޗޮކްލެޓުގެ މިންވަރު މަދުކޮށްފިއެވެ.

ޓޮބްލެރޯން އުފައްދާ ކުންފުނި ކަމަށްވާ މޮންޑެލޭޒް އިންޓަނޭޝަނަލް އިން ބުނީ، އެ ބްރޭންޑުގެ ޗޮކްލެޓަށް އެ ބަދަލު ގެނެސްފައިވަނީ އެ އުފެއްދުމަށް ބޭނުންކުރާ އިންގްރީޑިއެންޓްސްގެ އަގު ބޮޑުވުމާ ގުޅިގެން ކަމަށެވެ.

އަލަށް ގެނައި ބަދަލާއެކު ޓޮބްލެރޯން ޗޮކްލެޓުގައި ހިމެނޭ ތިނެސްކަން ބައްޓަމުގެ ބާތައް ވަނީ މަދުކޮށް، ދެ ބާ ދެމެދުގައި ހުންނަ ދުރުމިން ބޮޑުކޮށްފައެވެ. އަދި މި ބަދަލާއެކު އެ ބްރޭންޑުގެ ޗޮކްލެޓް ތަކުން 10 ޕަސެންޓު ޗޮކްލެޓު ވަނީ މަދުކޮށްފައެވެ.

ޓޮބްލެރޯން އަށް ގެނައި މި ބަދަލާ ގުޅިގެން އެބްރޭންޑުގެ ޗޮކްލެޓުގެ އަގަށް ބަދަލެއް ނާންނާނެ އެވެ. ނަމަވެސް މީގެ ކުރިން 170 ގްރާމުގެ ޗޮކްލެޓެއްގެ މިހާރުގެ ބަރުދަނުގައި ހުންނާނީ 150 ގްރާމެވެ. 400 ގްރާމުގެ ޗޮކްލެޓުތަކުން 40 ގްރާމް މަދުވާނެ އެވެ.

މި ބަދަލާއެކު ސޯޝަލް މީޑިއާގައި ޓޮބްލެރޯންގެ ފޭނުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަމާ ނުރުހުން ފާޅުކޮށްފައެވެ.

comment ކޮމެންޓް