ވާދަވެރި ޕެނަލްޓީ ޝޫޓް އައުޓްގައި ބީޖީ ބަލިކޮށް، ނިއު ސެމީއަށް

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ނިއު އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން: ޕެނަލްޓީން މޮޅުވެ، ނިއު އިން ވަނީ ސެމީގެ ޖާގައެއް ހޯދާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ވާދަވެރި ޕެނަލްޓީ ޝޫޓް އައުޓްގައި ބީޖީ ސްޕޯޓްސް ބަލިކުރުމަށްފަހު، އެފްއޭ ކަޕްގެ ސެމީ ފައިނަލްގެ ޖާގައެއް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެއް ވަނަ ޑިވިޝަނުން ރެލިގޭޓްވި ބީޖީގެ މައްޗަށް ނިއުއިން ކުރި ހޯދާފައި ވަނީ 4-3 ލަނޑުގެ ނަތީޖާއަކުންނެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ނިއު އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން: ޕެނަލްޓީން މޮޅުވެ، ނިއު އިން ވަނީ ސެމީގެ ޖާގައެއް ހޯދާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިރޭ ކުޅުނު މެޗުގެ ދެ ވަނަ މިނެޓުގައި ބީޖީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި އިބްރާހިމް ރަޝީދު އަބޫބަކުރުގެ އެހީތެރިކަމާއެކު ބީޖީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ނިޒާމެވެ.

އެ ލަނޑަށްފަހު ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ދެ ޓީމަށް ވެސް ނުރައްކާތެރި ހަމަލާއެއް ފެނިފައެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ބީޖީ ކުރީގައި އޮވެގެންނެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ނިއު އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން: ޕެނަލްޓީން މޮޅުވެ، ނިއު އިން ވަނީ ސެމީގެ ޖާގައެއް ހޯދާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ ދެ ވަނަ ހާފުގައި ނިއުގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން ދެ ވަނަ ހާފު ފެށިތާ ފަސް މިނެޓް ފަހުން ނިއުއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މުހައްމަދު ސާމިރު ދިން ބޯޅައަކުން ހަމްޒާ މުހައްމަދު(ހަމްޕު) ފޮނުވާލި އެ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ވެސް ނިއު އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހަމްޕު ދިން ބޯޅައަކުން އަހްމަދު ސުހައިލް (ބަންޕުޗް) އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ. އޭގެ އިތުރުން ވެސް ބަންޕުޗް އަށް ލަނޑު ޖަހާނެ ތިން ފުރުސަތެއް ލިބި، ބޭކާރުވެފައިވެ އެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ނިއު އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ހަމްޕު ފޮނުވާލި ހަމަލާ ބީޖީގެ ޑިފެންޑަރުން ދިފާއުކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ހަނީފް(ބެންޖޯ) އެވެ. ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބެންޖޯ އަށް ލިބުނު ބޯޅަ، ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލާފައިވެ އެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ނިއު އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން: ޕެނަލްޓީން މޮޅުވެ، ނިއު އިން ވަނީ ސެމީގެ ޖާގައެއް ހޯދާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 ލަނޑުން ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތު ކުޅެން ޖެހުނެވެ. ދެ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ވެސް ނިއު އަދި ބީޖީ އަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިފައެއް ނުވެ އެވެ. ދެން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީންނެވެ.

ޕެނަލްޓީގައި އެންމެ ފާހަގަކޮށްލެވުނީ ދެ ޓީމުގައި ހިމެނޭ ބިދޭސީ ކީޕަރުންނެވެ. ނިއުގެ ޖަޕާން ކީޕަރު ޔުން ކޮޗީ އާއި ޕާކިސްތާނު ކީޕަރު ހަނީފް ސާގިބް ވަނީ ގިނަ ޕެނަލްޓީތަކެއް މަތަކޮށްފައެވެ. ބީޖީގެ މުހައްމަދު ސާބިގް އާއި، ޑޭވިޑް އޮސްގިއޭ އަޑެލޭކޭ އާއި، މުހައްމަދު ޖައިލަމާއި، އިބްރާހިމް ރަޝީދު ފޮނުވާލި ޕެނަލްޓީތައް ނިއުގެ ކީޕަރު ކޮޗީ ވަނީ މަތަކޮށްފައެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ނިއު އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން: ޕެނަލްޓީން މޮޅުވެ، ނިއު އިން ވަނީ ސެމީގެ ޖާގައެއް ހޯދާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނިއުގެ ހަމްޕު އާއި، އަހްމަދު ނިޔާޒް (ނިޔާ) ފޮނުވާލި ޕެނަލްޓީތައް ބީޖީގެ ކީޕަރު ސާގިބް މަތަކުރި އިރު، ނިއުގެ ސާމިރު ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ބީޖީން ކާމިޔާބުކުރި ދެ ޕެނަލްޓީ ޖަހައިދީފައި ވަނީ ޑެނިއެލް ފިލެމޮން އާއި އިބްރާހިމް ހަމްދާން އެވެ. ނިއު އިން ކާމިޔާބުކުރި ތިން ޕެނަލްޓީ ޖަހައިދީފައި ވަނީ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) އާއި، ވެލިޗްކޯޗް މިޓްކޯވް އަދި ބަންޕުޗް އެވެ.

އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ނިއު ސެމީގައި ނުކުންނަން ޖެހޭނީ ކްލަބު އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބު މާދަމާ ރޭ ކުޅޭ ކުއާޓާގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ސެމީގެ އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހު އެވެ.

comment ކޮމެންޓް