މޯލްޓާގައި ފްލައިޓެއް ވެއްޓި، އެ ފްލައިޓުގައި ތިބި ފަސް މީހުން މަރުވެއްޖެ

ވެއްޓުނު ބޯޓުގައި ރޯވެ އަނދަމުންދާ މަންޒަރު ވީޑިއޯއަކުން ފެނިގެންދޭ -- ފޮޓޯ: ސްކައިނިއުސް

މޯލްޓާ އިންޓަނޭޝަނަލް އެއާޕޯޓުން އުދުއްސާލި ކުޑަ ފްލައިޓެއް ވެއްޓި، އޭގައި ތިބި ފަސް މީހުން މަރުވެއްޖެ އެވެ.

މަންޒަރު ދުށް ފަރާތަކުން ޓައިމްސް އޮފް މޯލްޓާއަށް ދިން އިންޓަވިއުއެއްގައިވާ ގޮތުން ބޯޓު ވެއްޓުނީ ކުއްލިއަކަށް ކަނާތް ފަރާތަށް އަރި ވުމަށް ފަހުގައެވެ. މޯލްޓާ އެއާޕޯޓުގައި އޮތް އެހެން ފްލައިޓަކުން ރިކޯޑުކޮށްފައިވާ ވީޑިއޯއަކުން، އެ ބޯޓުގައި ރޯވެ، އަނދަމުންދާ މަންޒަރު ފެނިގެންދެ އެވެ.

މޯލްޓާއިން ލީބިޔާއަށް ދާން ދަތުރު ފެށި އެބޯޓުގައި ތިބި އެންމެން (ފަސް މީހުން) މަރުވެފައިވާ ކަން މޯލްޓާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ޔަގީންކޮށް ދީފައެވެ. ނަމަވެސް ބޯޓުގައި ތިބީ ކޮން ގައުމަކަށް ނިސްބަތްވާ މީހުން ކަމެއް އަދި ނޭނގޭ ކަމަށް އޮފިޝަލުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން މޯލްޓާ އެއާޕޯޓު ބަންދު ކުރުމަށް ފަހު ހާދިސާ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވެސް އޮފިޝަލުން ބުންޏެވެ. (ބީބީސީ)

comment ކޮމެންޓް