އަމިއްލަފުޅު ހުތުބާއެއް ދެއްވުމުން އިލްޔާސްގެ ހުއްދަ ބާތިލްކޮށްފި

ޝެއިހް އިލްޔާސް ދަރުސްއެއް ދެއްވަނީ-- ފޮޓޯ: ފޭސްބުކް

އަދާލަތު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސެއިންގެ ދީނީ ތަގުރީރު ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ބާތިލްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން ވިދާޅުވީ މިހާރު އުސޫލް އޮންނަ ގޮތުން ނުބަލައި ހުތުބާ ކިޔުމުގެ ހުއްދަ ނޯންނާނެ ކަމަށާއި ނަމަވެސް ޝެއިހް އިލްޔާސް މިދިޔަ ހުކުރު ދުވަހު އައްޑޫ ސިޓީ މިސްކިތެއްގައި ހުކުރު ހުތުބާ ދެއްވީ އެ އުސޫލުން ކަމަށެވެ.

"އުސޫލާ ހިލާފަށް ހުތުބާ ވިދާޅުވީމަ އެހެންވީމަ ހުއްދަ ބާތިލް ކުރީ،" އަހުސަން ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ގަބޫލްކުރާގޮތުގައި އެހުތުބާގައި ޝެއިހް ވަނީ ދީނީ އެއްބައިވަންތަ ގާނޫނާއި ހިލާފް ވާހަކަތަކެއް ދައްކަވާފައެވެ.

އެކަމާ ގުޅިގެން ޝެއިހު ވިދާޅުވީ ހުއްދަ ބާތިލްކުރިކަން އަންގާފައިނުވާ ކަމަށެވެ.

މިނިސްޓްރީ ފޮނުވާ ހުތުބާ ފިޔަވައި އެހެން ހުތުބާއެއް ކިޔުން މަނާކޮށްފައިވާއިރު އެ ދުވަހު އިލްޔާސްގެ ހުތުބާ ދެއްވީ އެމަނިކުފާން އަމިއްލަ ފުޅަށެވެ. އެ ހުތުބާގައި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވުން ފަދަ ބައެއް ކަން ކަމަށް އަލި އަޅުވާލެއްވި އެވެ.

ހުއްދަ ބާތިލުކުރުމާއެކު އަނބުރާ ހުއްދަ ދެންދެން ޝެއިހް އިލްޔާސް އަށް ދީނީ ދަރުސް ދެއްވައި ހުތުބާ ދެއްވައި ނުހެއްދެވޭނެ އެވެ. ހުއްދަ ހޯދެއްވުމަށް ދެން ޖެހޭނީ އަލުން ހުށައަޅަންށެވެ.

comment ކޮމެންޓް