ސަން ފްރަންޓްގެ ފޮޓޯ ފޭސްބުކްގައި ޝެއާކޮށްގެން ފައިސާގެ އިނާމްތަކެއް

ސަން ފްރަންޓްގެ އާ ފިހާރަ ހުޅުވުން-- ސަން ފައިލް ފޮޓޯ

ސަން ފްރަންޓް ލައިޓިން ފިހާރައިގައި ވިއްކަން ބަހައްޓާފައި ހުންނަ ތަކެތީގެ ފޮޓޯ ފޭސްބުކަށް ލައިގެން ބޮޑެތި ފައިސާ އިނާމްތަކެއް ލިބޭ ޕުރޮމޯޝަންއެއް ފަށައިފިއެވެ.

ސަން ފްރަންޓުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު މުހައްމަދު ނިހާލް ވިދާޅުވީ، އެ ފިހާރައިގައި ވިއްކާ މުދަލުގެ ފޮޓޯއެއްނަގައި ފޭސްބުކަށް އަޕްލޯޑްކުރުމަށްފަހު ފަސް ރަހުމަތްތެރީން ޓެގް ކޮށްލައިގެން އެންމެ ގިނަ ލައިކް ލިބޭ ފަރާތްތަކަށް ގިނަ އަދަދެއްގެ ފައިސާގެ އިނާމް ލިބޭނެ ކަމަށެވެ.

ފޭސްބުކްގައި ޕޯސްޓް ކުރަންޖެހެނީ snap_sunfrontlightin# ޓެގް ކުރުމަށްފަހުއެވެ.

އެންމެ ގިނަ ލައިކް ލިބޭ ޕޯސްޓް ކުރާފަރާތަކަށް 25000 ރުފިޔާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު ދެ ވަނައަށް އެންމެ ގިނަ ލައިކް ލިބޭ ޕޯސްޓް ކުރި ފަރާތަކަށް 15000 ރުފިޔާ އަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް 10000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން އެ ޕްރޮމޯޝަންގައި ބައިވެރިވާ އެންމެންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ދިހަ ފަރާތަކަށް 1000ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

އެ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ޕްރޮމޯޝަނަކީ ސަން ފްރަންޓުން އަލަށް ހުޅުވި ލައިޓް ފިހާރަ ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އެފިހާރަ ހުޅުވާފައިވަނީ އީވް ކްލިނިކް ކުރިމައްޗަށްވާ ގޮތަށެވެ.

comment ކޮމެންޓް