އެޑްވަޓޯރިއަލް: ގަވިން ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުން އާދިއްތަ ދުވަހުގެ ރޭ 20:30ގައި

ގަވިން ޝްރޫމް: ގަވިން ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުން އާދިއްތަ ދުވަހު ރޭ 20:30ގައި ----

ގަވިން ޝޯރޫމުން 100،000 ރުފިޔާގެ އަގުހުރި ތަކެއްޗާއި ޚިދުމަތްތައް ލިބޭގޮތަށް ކުރިއަށްގެންދިޔަ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުން އަންނަ އާދިއްތަ ދުވަހުގެ ރޭ 20:30ގައި ހުޅުމާލެ ގަވިން ފިހާރާގައި އޮންނާނެއެވެ.

އެ ޕްރޮމޯޝަންނަކީ މިދިޔަ މަހުގެ 16ވަނަ ދުވަހުން ފެށިގެން އެ މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަންގައި، 1000 ރުފިޔާއަށްވުރެ މަތީން ވިޔަފާރި ކުރާ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެއެވެ.

ގަވިން ޝްރޫމް: ގަވިންގެ އެއްލައްކަ ލިބޭ ނަސީބުވެރިޔާ ހޮވުން 6 ވަނަ ދުވަހު ރޭ 20:30 ގަ----

އެގޮތުން އެ ޕްރޮމޯޝަންގެ އެއްވަނައަށް ހޮވޭ ފަރާތަކަށް 100،000 ރުފިޔާގެ ގަވިން ޕްރޮޑަކްޓްސް އަދި ޚިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށް އެ ޝޯރޫމުން ބުނެފައިވެއެވެ.

މީގެ އިތުރުން އެ ޝޯރޫމުން ބުނީ ނަސީބުވެރިޔާ އިއުލާންކުރާ ވަގުތު ފޭސްބުކް އަދި އިންސްޓަގްރާމްގެ ގަވިން ޕޭޖްގައި ލައިވް ކުރާނެކަމަށެވެ. އަދި ހަމައެއާއެކު ސޯޝިއަލް މީޑިޔާގެ ގަވިން ޕޭޖްގައި ކައުންޓުޑައުން ފަށާފައިވާނެކަމަށް ވެސް އެ ޝޯރޫމުން ބުނެއެވެ.

މީގެ ހަތް އަހަރު ކުރީން ހަމައެކަނި ވަޑާންކުރުމުގެ މަސައްކަތުން ފެށި ގަވިންއަކީ މިހާރު ރާއްޖޭގައި އިންޓީރިއާ ޑީޒައިނިން ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ އެއް ބްރޭންޑެވެ.

ގަވިން ޝޯރޫމް މެދުވެރިކޮށް ބަދިގޭ ސާމާނާއި ނިދާ ކޮޓަރިއަށް ބޭނުންވާ އެނދާއި ލިވިންރޫމަށް ބޭނުންވާ ސޯފާގެ އިތުރުން އެހެން ހުރިހާ ފަރުނީޗަރެއް ވެސް އެއްތަނަކުން ކަސްޓަމަރުންނަށް ލިބޭނެއެވެ.

މީގެ އިތުރުން، ވަޑާމުގެ މަސައްކަތް ކުރާ ވިޔަފާރިތަކަށް ބޭނުންވާ ހުޅާއި އިސްކުރުފަދަ ހުރިހާ އެއްޗެއް ވެސް ގަވިންއިން ލިބެން ހުންނާނެއެވެ.

ގަވިން ޝްރޫމް: ގަވިންގެ އެއްލައްކަ ލިބޭ ނަސީބުވެރިޔާ ހޮވުން 6 ވަނަ ދުވަހު ރޭ 20:30 ގަ----

ގަވިންގެ ދެ ޝޯރޫމް މާލެއާއި ހުޅުމާލޭގައި ހުންނައިރު މާލޭގައި ޝޯރޫމް ހުންނަނީ ރަށްދެބައިހިނގުން، ގ. ލައިޓްގްރޭގައެވެ. އެ ފިހާރަށް 9588833 ނަންބަރުން ގުޅޭނެއެވެ. އަދި، ހުޅުމާލޭގައި ޝޯރޫމް ހުންނަނީ ރީތިގަސް މަގުގައި ކަމަށްވާއިރު، އެ ފިހާރައަށް ގުޅޭނެ ނަމްބަރަކީ 9588899އެވެ.

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00އިން ފެށިގެން ރޭގަނޑުގެ 22:00އަށް ގަވިން ހުޅުވާފައި ހުންނާނެއެވެ.

ގަވިން ޕްރައިވެޓް ލިމިޓެޑްއަކީ ކަސްޓަމަރުން ބޭނުންވާ ޑިޒައިންތަކަށް ފަރުނީޗަރު ހަދައި، އިންޓީރިއާ ޑިޒައިން އާއި ގިނަ އަދަދެއްގެ ގޭގެ އަދި ބަދިގޭގެ އެކްސެސަރީޒްތަކަށް ޚާއްސަކޮށްފައިވާ ފިހާރައެކެވެ.

comment ކޮމެންޓް