ގަވިން ޝޯރޫމުގެ ރޯދަ ޕްރޮމޯޝަނުން 100،000 ރުފިޔާގެ އަގުހުރި މުދާ ލިބޭ ނަސީބުވެރި ފަރާތުގެ ގޮތުގައި އަޝްރަފް އަބްދުﷲ ހޮވިއްޖެއެވެ.
ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަށް 100،000 ރުފިޔާގެ މުދާ ލިބޭގޮތަށް، ގަވިން ޝޯރޫމުގެ މި ޕްރޮމޯޝަން ކުރިޔަށް ގެންގޮސްފައިވަނީ ޖެނުއަރީ 16އިން މާޗު 31ގެ ނިޔަލަށެވެ.
ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތް އިއުލާނުކުރީ، ރޭ ގަވިން ހުޅުމާލޭ ޝޯރޫމުގައެވެ.
ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތުގެ ގޮތުގައި އަޝްރަފް އަބްދުﷲ ހޮވުނުއިރު، ގަވިންގެ ފަރާތުން ބުނެފައިވަނީ އޭނާ ވަނީ ރަމަޟާންމަހުގެ ތެރޭގައި 4،000 ރުފިޔާގެ ބަދިގޭ ސާމާނު ގަނެފައި ކަމަށާއި، އެއާއެކު ޕްރޮމޯޝަނުގައި ބައިވެރިވެވުނީ ކަމަށެވެ.
އެ ފިހާރައިން ބުނީ، ނަސީބުވެރިޔާއަށް ލިބޭ 100،000 ރުފިޔާގެ އަގުހުރި މުދަލަށް އޭނާ ނިންމާފައިވަނީ ގޭގެ އިންޓީރިއާ ހެދުމަށް ކަމަށެވެ.
ގަވިން ޝޯރޫމުން ބުނީ ކުރިޔަށް އޮތް ތަނުގައި ވެސް އެ ފިހާރައިން ބާއްވާ މިފަދަ ޕްރޮމޯޝަންތަކުގައި އާންމުން ބައިވެރިވުމަށް އެދޭ ކަމަށެވެ. އަދި މި އަހަރުގެ ޕްރޮމޯޝަނުގައި ބައިވެރިވި ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
ގަވިން ޕްރައިވެޓް ލިމިޓެޑްއަކީ ކަސްޓަމަރުން ބޭނުންވާ ޑިޒައިންތަކަށް ފަރުނީޗަރު ހަދައި، އިންޓީރިއާ ޑިޒައިން އާއި ގިނަ އަދަދެއްގެ ގޭގެ އަދި ބަދިގޭގެ އެކްސެސަރީޒްތަކަށް ޚާއްސަކޮށްފައިވާ ފިހާރައެކެވެ.
ގަވިންގެ ދެ ޝޯރޫމް މާލެއާއި ހުޅުމާލޭގައި ހުންނައިރު މާލޭގައި ޝޯރޫމް ހުންނަނީ ރަށްދެބައިހިނގުން، ގ. ލައިޓްގްރޭގައެވެ. އެ ފިހާރައަށް 9588833 ނަންބަރުން ގުޅޭނެއެވެ. އަދި، ހުޅުމާލޭގައި ޝޯރޫމް ހުންނަނީ ރީތިގަސް މަގުގައި ކަމަށްވާއިރު، އެ ފިހާރައަށް ގުޅޭނެ ނަމްބަރަކީ 9588899އެވެ.
ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00އިން ފެށިގެން ރޭގަނޑުގެ 22:00އަށް ގަވިން ހުޅުވާފައި ހުންނާނެއެވެ.