ހަނދާން ބަލިވަނީތަ؟ ކެއުމުގައި ބޭނުންކުރާ އެއްޗެއްސާ މެދު ސަމާލުވޭ!

ބައެއް ކާނާ އަކީ އިންސާނުންގެ ސިކުނޑިއަށް ފައިދާ ކުރާ އަދި ހަނދާން ގަދަކޮށްދޭ ކާނާއެވެ. ހަމަ އެއާ އެއްގޮތަށް، ބައެއް ކާނާ އަކީ ސިކުނޑިއަށް ގެއްލުން ހުރި ކާނާ ވެސް މެއެވެ. އެފަދަ ކާނާ ކެއުމުގެ ސަބަބުން ވިސްނުން ކޮށިވެ ހަނދާން ބަލިވާ ގޮތް މެދުވެރިވެ އެވެ.

އެހެންކަމުން އެފަދަ ކާނާ އަކީ ކޮބައިކަން ދެނެގަނެ، އެފަދަ ކާނާތަކުން ދުރުވުމަކީ މުހިންމު ކަމެކެވެ.

1. ޕްރޮސެސްޑް ޗީޒް

ޕްރޮސެސްޑް ޗީޒްގެ ސަބަބުން ހަށިގަނޑުގައި ޕްރޮޓީން ހުންނަ މިންވަރު އިތުރުވެ އެވެ. އެއީ ހަނދާން ނެތޭ ބަލި ނުވަތަ އަލްޒެއިމާޒް އަށް މަގުފަހިވާ ކުރުވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.

2. ޕްރޮސެސްޑް މީޓް

ބަންދުކޮށްފައި ހުންނަ މަހުގެ ބާވަތްތައް ނުވަތަ ޕްރޮސެސްޑް މީޓްގައި ހިމެނޭ މާއްދާއެއްގެ ސަބަބުން ފުރަމެއިން ހަށިގަނޑަށް ގެއްލުންވާ ފެޓްސް އުފައްދައެވެ. އެއީ ސިކުނޑިއަށް ނޭދެވޭ އަސަރު ކުރާ ފެޓްސްގެ ބާވަތެކެވެ.

3. ވައިޓް ފުޑް

ވައިޓް ފުޑްގެ ތެރޭގައި ޕާސްތާ، ކޭކް، ހަކުރު (ވައިޓް ޝުގާ)، ހުދު ހަނޑޫ އަދި ޕާން (ވައިޓް ބްރެޑް) ހިމެނެ އެވެ. އެފަދަ ކާނާ ކެއުމުގެ ސަބަބުން ހަށިގަނޑުން އިންސުލިން އުފައްދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެ އެވެ. އަދި ސިކުނޑިއަށް ގެއްލުން ލިބެ އެވެ.

4. ޕޮޕްކޯން

ޕޮޕްކޯން އަކީ އޭގައި ޑަޔަސިޓީލް ކިޔާ ކެމިކަލް އެއް ހިމެނޭ ކާނާއެކެވެ. ހަށިގަނޑުގައި ޑަޔަސިޓީލް އިތުރުވާ ނަމަ ސިކުނޑީގައި އެމިލޮއިޑް ޕްލާކް އުފެދޭ މިންވަރު އިތުރުވާ ގޮތް މެދުވެރިވެދާނެ އެވެ. އެމިލޮއިޑް ޕްލާކް އަކީ ހަނދާން ނެތޭ ބަލި ޖެހުމަށް މަގުފަހިކުރުވާ އެއްޗެކެވެ.

އެހެންކަމުން ކެއުމުގައި ބޭނުންކުރާ ކާނާގެ ބާވަތްތައް ބަދަލުކޮށްލުން މުހިންމެވެ. ތިރީގައި އެވަނީ ހަނދާން ގަދަކޮށް ދޭ ބައެއް ކާނާ އެވެ. ކެއުމުގައި އެފަދަ ކާނާ ގިނައިން ހިމަނަން އާދަކުރާށެވެ.

  • ފެހިކަން ގަދަ ތަރުކާރީ
  • ބެރީޒް
  • ކޮފީ އަދި ޗޮކްލެޓް
  • އެކްސްޓްރާ ވާރޖިން އޮއިލް
  • ތާޒާ ކަނޑު މަސް
comment ކޮމެންޓް