މާދަމާ ފާހަގަކުރާ މިއަހަރުގެ އަޟްހާ ޢީދު (ބޮޑު އީދު) ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ރަނގަޅު ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފިއެވެ.
މެޓުން ކުރިން ލަފާކޮށްފައިވާ ގޮތުގައި މިއީދުވެސް މިދިޔަ އަހަރުގެ ބޮޑު އީދެކޭ އެއްގޮތަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއެވެ.
ނަމަވެސް މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިހާރު މޫސުން ލަފާކުރެވޭގޮތުގައި އީދު ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބްތަކަށްވެސް މޫސުން ރަނގަޅު ކަމަށެވެ.
"ކޮންމެ ވަރެއްގެ ކެރިކޮޅެއް އައިސް ދާނެ, އެކަމަކު ވިއްސާރައެއް ނޫން، މޫސުން ރަނގަޅު،" އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ހިސާބްތަކަށް ކަނޑުތައް މަޑުއިރު އެހެން ސަރަހައްދުތަކަށް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.
މިފަހަރު ބޮޑު އީދު ފާހަގަކުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަފާތު ގިނަ ހަރަކާތްތައް ހިންގުމަށް ވަނީ ނިންމާފައެވެ.