ހައްޖު ހުތުބާ ދެއްވާ އިމާމު 35 އަހަރަށް ފަހު ވަކިވެއްޖެ

އަބްދުލް އަޒީޒް ބިން އަބްދުﷲ

ވޭތުވެ ދިޔަ 35 އަހަރު ނަމީރާ މިސްކިތުގައި ހައްޖު ޚުތުބާ ދެއްވި ސައޫދީ އަރަބިއްޔާގެ އިސް މުފްތީ އަބްދުލް އަޒީޒް ބިން އަބްދުﷲ އާލް ޝައިޚްގެ އެ މަގާމުން ވަކިވެވަޑައިގެންފި އެވެ.

އިސް މުފްތީ އަބްދުލް އަޒީޒް ބިން އަބްދުﷲ އަކީ 1981 ވަނަ އަހަރަށް ފަހު ހައްޖު ހުތުބާ ދެއްވަމުން އައި މުފުތީ އެވެ. އޭނާ އެމަގާމުން ދުރަށް ޖެހިވަޑައިގަތީ ސިއްހީ ހާލަތު ހުރި ގޮތުން އެ މަގާމުގައި ހުންނެވުމަށް އުޒުރުވެރިވުމުން ކަމަށް ސައުދީ ގެޒެޓުން ބުންޏެވެ.

އޭނާ އަށް ފަހު މިއަދު ހައްޖު ހުތުބާ ދެއްވާނީ ޝައިޚް ސާލިހް ބިން ހުމައިދެވެ. އޭނާ އަކީ ސޫރާ ކައުންސިލްގެ ކުރީގެ ޗެއާމަން އެވެ. އަދި ސުޕްރީމް ޖުޑިޝަލް ކައުންސިލްގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ޝައިޚް ސާލިހް ބިން ހުމައިދު -

comment ކޮމެންޓް