ފްލައިޓް ތެރޭގައި ގެލެކްސީ 7 ބޭނުން ނުކުރުމަށް އަންގައިފި

ސެމްސަންގް ގެލެކްސީ ނޯޓް 7 -- ފޮޓޯ: ބްލޫމްބާގް ނިއުސް

ވޮޝިންޓަން (ސެޕްޓެމްބަރު 9): ސެމްސަންގުން އެންމެ ފަހުން ނެރުނު ގެލެކްސީ ނޯޓް 7 ފްލައިޓް ތެރޭގައި ބޭނުން ނުކުރުމަށް އެމެރިކާގެ ވައިގެ ދަތުރާ ބެހޭ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

ގެލެކްސީ ނޯޓް 7 ޗާޖަށް ޖެހުމުން ބެޓެރި ގޮވުމުގެ ރިޕޯޓުތަކާ ގުޅިގެން އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ)ން ނެރުނު ބަޔާނެއްގައި އެއިދާރާއިން ވަނީ "ދަބަހެއްގެ ތެރެއަށް ލައިގެން ގެލެކްސީ ނޯޓް 7 ބޯޓަށް ނޭރުވުމަށާއި، އެފޯނު ބޯޓު ތެރޭގައި ޗާޖް ނުކުރުމަށާއި ބޭނުން ނުކުރުމަށް" އެދިފަ އެވެ.

އެފްއޭއޭގެ އެބަޔާނާ ގުޅިގެން ސެމްސަންގުން ވަނީ އެކަމާ ބެހޭ ގޮތުން އެފްއޭއޭއާ މަޝްވަރާ ކުރަމުންދާ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ސެމްސަންގުން ވަނީ ނޯޓް 7 ސަޕްލައިކުރުން ވަގުތީ ގޮތުން ހުއްޓާލައި މައްސަލަ ހުރި ފޯނުތައް ބަދަލުކޮށްދޭން ފަށާފަ އެވެ.

comment ކޮމެންޓް