އިލެކްޝަންސް ކޮމިޝަންގެ އަހަރީ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކޮށްފި

އިލެކްޝަންސް ކޮމިޝަންގެ އަށްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ކޭކު ފެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަންގެ އަހަރީ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ފާހަގަކުރީ އެ ކޮމިޝަންގެ އަށްވަނަ އަހަރީ ދުވަސް ކަމަށެވެ.

އެ ބަޔާނުގައި ވަނީ، އޮގަސްޓް މަހުގެ 25 ވަނަ ދުވަހަކީ އިލެކްޝަންސް ކޮމިޝަންގެ އަހަރީ ދުވަހުގެ ގޮތުގައި ކަނޑައަޅާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ހއ. ހޯރަފުށީގައި ބޭއްވި ޑިމޮކްރަސީ ހަފްތާގެ ނިންމުމުގެ ޖަލްސާގައި ކަމަށެވެ.

އެ ކޮމިޝަންގެ އަށްވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޮމިޝަންގެ މެންބަރުންނާއި ހުރިހާ މުވައްޒަފުން ބައިވެރިވެ ހާއްސަ ކޭކެއް ފަޅާފައިވާ ކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން މުވައްޒަފުންގެ މެދުގައި ތަފާތު އެކި ހަރަކާތްތައް ހިންގުމުގެ އިތުރުން އަހަރީ ދުވަހާ ގުޅުވައިގެން އިތުރު ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

comment ކޮމެންޓް