ކީ ސްޓޭޖް ތިނެއް ތަންފީޒު ކުރަން 430 އަށްވުރެ ގިނަ ޓީޗަރުން ތަމްރީން ކޮށްފި

އަންނަ އަހަރުގެ ދިރާސީ އާ އަހަރާއެކު ތަންފީޒުކުރަން ނިންމާފައިވާ ކީ ސްޓޭޖް ތިނެއް ތަންފީޒު ކުރާނެ ޓީޗަރުން ތަމްރީން ކުރުމަށް އެންއައިއީ އިން ހިންގި ތިން ވަނަ ތަމްރީން ޕްރޮގްރާމްގެ ތެރެއިން ---

އަންނަ އަހަރުގެ ދިރާސީ އާ އަހަރާއެކު ތަންފީޒުކުރަން ނިންމާފައިވާ ގްރޭޑް 7 އަދި 8 ހިމެނޭ ކީ ސްޓޭޖް ތިނެއް ތަންފީޒުކުރުމަށްޓަކާ 430 އަށްވުރެ ގިނަ ތީޗަރުން އެޑިއުކޭޝަން މިނިސްޓްރީން ތަމްރީން ކޮށްފި އެވެ.

އެ ގްރޭޑްތަކުގެ ޓީޗަރުން ތަމްރީނުކުރާނެ މަންދޫބުން ތަމްރީނުކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އިން މިދިޔަ މަހުގެ މެދުތެރޭގައި ފަށައި، ތިން ޕްރޮގްރާމެއް މިހާތަނަށް ހިންގާފައިވެ އެވެ.

އެގޮތުން ވަކިވަކި މާއްދާތައް ތިން ފިޔަވައްސަކަށް ބަހާލައިގެން ބޭއްވި ތަމްރީންތަކުގެ ފުރަތަމަ ބުރުގައި ޖުމްލަ 109 ޓީޗަރުން ވަނީ ތަމްރީން ކޮށްފަ އެވެ. އެއީ ކީ ސްޓޭޖް ތިނެއްގައި ހިމެނޭ ގްރޭޑްތަކުގެ އިސްލާމް މާއްދާއިން 56 ޓީޗަރަކާއި ސައިންސް މާއްދާއިން 46 ޓީޗަރަކު އަދި ހިސާބު މާއްދާއިން 47 ޓީޗަރަކު ވަނީ ތަމްރީން ކޮށްފަ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ކުރިއަށްދިޔަ ދެ ވަނަ ބުރުގައި ގްރޭޑް ހަތެއް އަދި އަށެއްގައި ހިމެނޭ ގުރުއާނާއި ހެލްތް އެންޑް ޕީއީ އަދި ސޯޝަލް ސްޓަޑީސް އިން ވަނީ 87 ޓީޗަރުން ތަމްރީން ކޮށްފަ އެވެ.

އެގޮތުން ގުރުއާން މާއްދާއިން 43 ޓީޗަރަކާއި ހެލްތް އެންޑް ޕީއީ މާއްދާއިން 43 ޓީޗަރަކު އަދި ސޯޝަލް ސްޓަޑީސް އިން 41 ޓީޗަރަކު ވަނީ ތަމްރީން ކޮށްފަ އެވެ.

އަންނަ އަހަރުގެ ދިރާސީ އާ އަހަރާއެކު ތަންފީޒުކުރަން ނިންމާފައިވާ ކީ ސްޓޭޖް ތިނެއް ތަންފީޒު ކުރާނެ ޓީޗަރުން ތަމްރީން ކުރުމަށް އެންއައިއީ އިން ހިންގި ތިން ވަނަ ތަމްރީން ޕްރޮގްރާމްގެ ތެރެއިން ---

އެންމެ ފަހުން ބޭއްވި ތަމްރީން ޕްރޮގްރާމްތައް ނިމިފައި ވަނީ މިއަދު އެވެ.

އެ ބުރުގައި ގްރޭޑް ހަތެއް އަދި އަށެއްގައި ކިޔަވައި ދޭ ބިޒްނަސް ސްޓަޑީޒް އިން 41 ޓީޗަރަކަށް ތަމްރީން ދީފައިވާއިރު، ދިވެހި މާއްދާއިން 43 ޓީޗަރަކު އަދި ކްރިއޭޓިވް އާޓް (ޕީއޭ) އިން 38 ޓީޗަރަކަށް ވަނީ ތަމްރީން ދީފަ އެވެ. އެއީ ޖުމްލަ 122 ޓީޗަރުންނެވެ.

އެންއައިއީ އާ ހަވާލުވެ ހުންނެވި ސީނިއާ ޕޮލިސީ އެގްޒެކްޓިވް ޑރ. އަހްމަދު ރިޔާޒު ވިދާޅުވީ ތަމްރީނުތަކުގައި މަންދޫބުންގެ ގޮތުގައި ބައިވެރިވި ޓީޗަރުން އަތޮޅުތެރޭގެ ސްކޫލްތަކުގައި އިތުރު ތަމްރީނު ޕްރޮގްރާމްތައް ހިންގާނެ ކަމަށެވެ.

އާ މަންހަޖާއެކު އަލަށް ތައާރަފްކުރެވޭ މާއްދާގެ ގޮތުގައި ގްރޭޑް 7 އަދި 8 ށް ކޮމާސް ސްޓްރީމް ހުރިހާ މާއްދާއެއް ހިމެނޭ ގޮތުން ވިޔަފާރީގެ ހުރިހާ ބައިތަކެއް އެކުލެވޭ މާއްދާއެއްގެ ގޮތަށް ބިޒްނަސް ސްޓަޑީޒް ތައާރަފް ކުރެވިގެންދާނެ އެވެ.

އަދި ވިދާޅުވީ މިއަހަރުގެ ދިރާސީ އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅުތަކެއްގައި ކީ ސްޓޭޖް ތިނެއްގެ ޓީޗަރުން ތަމްރީނުކުރުމުގެ ބައްދަލުވުންތައް ފެށިގެންދާނެ ކަމަށެވެ.

އަންނަ އަހަރުގެ ދިރާސީ އާ އަހަރާއެކު ތަންފީޒުކުރަން ނިންމާފައިވާ ކީ ސްޓޭޖް ތިނެއް ތަންފީޒު ކުރާނެ ޓީޗަރުން ތަމްރީން ކުރުމަށް އެންއައިއީ އިން ހިންގި ތިން ވަނަ ތަމްރީން ޕްރޮގްރާމްގެ ތެރެއިން ---

ކީ ސްޓޭޖް ތިނެއްގައި މިހާރުވެސް ދަރިވަރުން ކިޔަވަމުން އަންނަ ސައިންސް ސްޓްރީމްގެ ހުރިހާ މާއްދާތަކެއްގެ ބައިތައް އެކުލެވޭ ސައިންސް މާއްދާ އާއި އާއި ސޯޝަލް ސްޓަޑީސް، ދިވެހި، އިސްލާމް، އިނގިރޭސި، ހިސާބު، ގުރުއާން، ކްރިއޭޓިވް އާޓް އަދި ހެލްތު އެންޑް ޕީއޭ ހިމެނިގެން ޖުމްލަ 10 މާއްދާ ދަރިވަރުން ކިޔަވާނެ އެވެ.

ދެހާސްސާދަ ވަނަ އަހަރުން ފެށިގެން ތަންފީޒު ކުރަން ފަށާފައިވާ ގައުމީ އާ މަންހަޖުގައި މަދަރުސީ ތައުލީމު ބެހިފައިވަނީ ފަސް ސްޓޭޖަކަށެވެ. މަންހަޖުގައި ހިމެނޭ ފައުންޑޭޝަން ސްޓޭޖް، ކީ ސްޓޭޖް އެކެއް އަދި ދޭއް މިހާރު ތަންފީޒުކުރަން ވަނީ ފަށާފަ އެވެ.

comment ކޮމެންޓް