ސީޒަން އަށަކަށްފަހު "ގޭމް އޮފް ތްރޯންސް" ނިންމާލަނީ

"ދަ ގޭމް އޮފް ތްރޯންސް"ގެ މަންޒަރެއް ---

އަށް ވަނަ ސީޒަން އަށްފަހު ގިނަ ރިކޯޑްތަކެއް ހޯދަމުން އަންނަ އެޗްބީއޯގެ މަގްބޫލް ފެންޓަސީ ޑްރާމާ ޓީވީ ސީރީޒް، "ގޭމް އޮފް ތްރޯންސް" ނިންމާލަން ނިންމާފައިވާ ކަމަށް ބްރޯޑްކާސްޓާ އެޗްބީއޯ އިން ބުނެފި އެވެ.

އެޗްބީއޯގެ އާ ޕްރޮގްރާމިން ޗީފް ކޭސީ ބުލޯއިސް އެކަން ހާމަކޮށްފައި ވަނީ އިއްޔެ ކެލިފޯނިއާގައި ބޭއްވި ޓެލެވިޒަން ކްރިޓިކްސް އެސޯސިއޭޝަންގެ ކޮންފަރެންސެއްގަ އެވެ. މިއީ އެޗްބީއޯގެ ފަރާތުން އެކަން ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ.

އާއްމުކޮށް ނެރޭ ދިހަ އެޕްސިޑޯގެ ބަދަލުގައި ހަތް އެފިސޯޑެއް ހިމަނައިގެން "ގޭމް އޮފް ތްރޯންސް"ގެ ހަތް ވަނަ ސީޒަން އަންނަ އަހަރު ނެރެން ނިންމާފައިވާއިރު، ފައިނަލް ސީޒަން ނެރެނީ 2018 ވަނަ އަހަރު އެވެ.

ނަމަވެސް ފައިނަލް ސީޒަންގައި ހިމެނާނީ ކިތައް އެޕިސޯޑް ކަމެއް އަދި ނިންމާފައެއް ނުވެ އެވެ.

ޖޯޖް އާރުއާރު މާޓިންގެ "ސޯންގް އޮފް އައިސް އެންޑް ފަޔާ"ގެ މައްޗަށް ތައްޔާރު ކުރަމުންދާ އެ ޓީވީ ޝޯ އަކީ ޓީވީ ތާރީހުގައި ބޮޑެތި ބަދަލުތަކެއް ފެނިގެންދާ ސީރީޒް އެކެވެ. އެގޮތުން އެންމެ ފަހުން ބޭއްވި އެމީ އެވޯޑްސްގައި އެކަނިވެސް އެ ޝޯ އަށް ވަނީ 12 އެވޯޑެއް ހޯދާފައެވެ. އެއީ އެމީގެ ތާރީހުގައި އެއް ޝޯއެއްގައި މިހާތަނަށް އެންމެ ގިނަ އެވޯޑު ލިބުން ޝޯއެވެ.

comment ކޮމެންޓް