ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ޝާހު ވެސް ޕީޕީއެމްް އިން ވަކިވެވަޑައިގެންފި

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވެސް ޕީޕީއެމް އިން ވަކިވެވަޑައިގެންފިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލަށް ޝާހު މިރޭ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މިއަދުން ފެށިގެން އޭނާ ޕީޕީއެމް އިން ވަކިވެއްޖައީމު ކަމަށެވެ.

ޝާހު ވިދާޅުވީ އެގޮތަށް ނިންމަންޖެހުނީ ރާއްޖޭގެ ސިޔާސީ ކަންކަން މިވަގުތު ހިނގަމުންދާގޮތުން މިނިވަންކަމާއެކު ވަކިފަރާތަކަށް ނުޖެހި މަޖިލީހުގައި ވޯޓު ދިނުމަށްޓަކައި ކަމަށެވެ.

އޭނާ ޕީޕީއެމް އިން ވަކިވެވަޑައިގަތުމާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި ޕީޕީއެމްގެ 10 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރަކު އެޕާޓީން ވަކިވީއެވެ.

އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރައްވާފައިވާ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް ވަނީ އެ މައްސަލާގައި ވަނީ އޭނާގެ ސޮއި ނޫން ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް