ނަޝީދު ނުލައި ވެސް، ޞާލިޙް ނުލައި ވެސް ރިޔާސީ އިންތިޚާބު ކާމިޔާބެއް ނުވާނެ: ފިއްޓޭ

މީކާއިލްގެ ކެމްޕެއިން ޖަލްސާގައި ފިއްޓޭ ވާހަކަދައްކަވަނީ ---- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތެރެއިން އެއް ބޭފުޅަކު ވެސް ނުލައި، އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) މިރޭ ވިދާޅުވެއްޖެއެވެ.

ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމުގެ ކެމްޕެއިން ޖަލްސާގައި ފިއްޓޭ ވިދާޅުވީ، އެމްޑީޕީއަށް 2028 ކާމިޔާބު ކުރަން ބޭނުންނަމަ ތިން ކަމެއް ކުރަން ޖެހޭ ކަމަށެވެ.

ފުރަތަމަ ކަމަކަށް ފިއްޓޭ ފާހަގަކުރެއްވީ، ޕާޓީ އެކުގައި ގަދަކޮށް ތިބުން ކަމަށެވެ. ދެން ފިއްޓޭ ވިދާޅުވީ، އިންސާފުވެރި ޕްރައިމަރީއެއް ބޭއްވުމާއި އަންނަ ހުކުރު ދުވަހު މީކާއިލަށް ވޯޓު ދިނުން ކަމަށެވެ.

މީކާއީލާ ވާދަކުރައްވަނީ ނަޝީދު ކަމަށްވާއިރު، ފިއްޓޭ ވިދާޅުވީ، މީކާއީލަށް ވޯޓުލާން ވިދާޅުވަނީ ނަޝީދަށް އިޚުތިރާމު ނުކުރާތީ ނުވަތަ ލޯބި ނުވާތީ ނޫން ކަމަށެވެ.

ނަޝީދާއި ޞާލިޙް އެކުގައި: ފިއްޓޭ ވިދާޅުވީ، ރިޔާސީ އިންތިޚާބު ކާމިޔާބުވާނީ އެ ބޭފުޅުންނާ އެކީގައި ކަމަށް ---- ފޮޓޯ/ އެމްޑީޕީ

ނުސީދާ ގޮތެއްގައި އޭނާ ވިދާޅުވީ މި އިންތިޚާބުގައި ނަޝީދަށް ތާއިދު ނުކުރައްވަނީ، އެއް ފަހަރު ޕާޓީ ދޫކޮށް ވަޑައިގަތް ތަން ފެނުމުން ކަމަށެވެ.

ފިއްޓޭ އެ އިޝާރަތްކުރެއްވީ، 2023ގައި އެމްޑީޕީގައި ބައިބައިވުން އުފެދި ނަޝީދާއި އެ މަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން ޕާޓީން ވަކިވެވަޑައިގަތް ދުވަސްވަރަށެވެ.

އޭރު އެ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވިއެވެ. އަދި، ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވާދަކުރި ނަމަވެސް ކާމިޔާބު ވެޑައެއް ނުގެންވިއެވެ. އޭގެފަހުން، މިދިޔަ އަހަރުގެ ތެރޭގައި ނަޝީދާއި އެ މަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން އަލުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، 2023ގެ ރިޔާސީ އިންތިޚާބު ޞާލިޙަށް ނާކާމިޔާބުވީ، އެމްޑީޕީގައި އޭރު އުފެދުނު ބައިބައިވުމާ ގުޅިގެންނެވެ.

ފިއްޓޭ ވަނީ، ރައީސް ނަޝީދާއި ޞާލިޙާ ނުލައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ވެސް އެމްޑީޕީއަށް ކާމިޔާބު ނުވާނެ ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވާހަކަދައްކަވައިފައެވެ.

ރައީސް ނަޝީދާ ނުލައެއް ވެސް މި ކަމެއް ނުވާނެ. އެ ވެސް ހަގީގަތެއް. އެ ވާހަކަ އަޅުގަނޑަށް މިހެން ބުނަން ކެރޭއިރުގައި އެ ކޮޅުން ވެސް ބުނަން ޖެހޭނެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ ނުލައެއް ވެސް މި ކަމެއް ނުވާނެވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)

ފިއްޓޭ އެފަދައިން ވިދާޅުވިއިރު، އަންނަ ހުކުރު ދުވަހު ބާއްވާ ޗެއާޕާސަން އިންތިޚާބަށް ވެސް އެމްޑީޕީގެ ތެރޭގައި ވަނީ ވާދަވެރިކަން ބޮޑުވެފައެވެ.

ރައީސް ނަޝީދާއެކުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ހުންނެވިއިރު، ރައީސް ޞާލިހާއި އެ މަނިކުފާނުގެ ޓީމް ތިއްބެވީ މީކާއިލަށް ތާއިދުކުރައްވައިގެންނެވެ. ދެ ފަރާތުން ވެސް ވަރުގަދަ ކެމްޕެއިންތައް ކުރައްވައި، ބަހުގެ ހޫނު ހަމަލާތައް އަންނަނީ ރައްދުކުރައްވަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް އަޙްމަދު ނަސީމުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ނުލައި އެ ޕާޓީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. ކުރިއަށް އޮތް 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ޕާޓީގެ އެންމެހާ މެންބަރުން އެކުގައި ގަދަކޮށް ތިބުމާއި، އިންސާފުވެރި ޕްރައިމަރީއެއް ބޭއްވުމުގެ އިތުރުން، އަންނަ ހުކުރު ދުވަހު އޮންނަ އިންތިޚާބުގައި މީކާއިލަށް ވޯޓުދިނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. މި އިންތިޚާބުގައި ނަޝީދަށް ތާއީދުނުކުރައްވާ ސަބަބެއްކަމަށް ފިއްޓޭ ފާހަގަކުރެއްވީ، ނަޝީދަށް އިޙްތިރާމް ނުކުރާތީ ނޫންކަމަށާއި، ނަމަވެސް 2023 ވަނަ އަހަރު ޕާޓީ ދޫކުރައްވައި ވަޑައިގަތުމުން އުފެދުނު ބައިބައިވުމުގެ ސަބަބުން ކަމަށެވެ. އޭރު ޕާޓީ ދޫކުރައްވައި ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވުމަކީ ރިޔާސީ އިންތިޚާބު ނާކާމިޔާބުވުމުގެ މައިގަނޑު ސަބަބުކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެހެންނަމަވެސް، މިހާރު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ގިނަ ބޭފުޅުން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. މިވަގުތު އެމްޑީޕީގެ އެތެރޭގެ ޗެއާޕާސަން އިންތިޚާބުގެ ވާދަވެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ޕާޓީގެ އިސް ލީޑަރުން ތިއްބެވީ ދެ ފަރާތަކަށް ބެހިފައެވެ. އެގޮތުން، ރައީސް ޞާލިޙާއި އެމަނިކުފާނުގެ ޓީމުން ތާއީދުކުރައްވަނީ މީކާއިލަށެވެ. އަދި ރައީސް ނަޝީދު ތާއީދުކުރައްވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލަށެވެ. ދެ ފަރާތުން ވެސް ފޯރީގައި ކެމްޕެއިން ކުރަމުންދާއިރު، ބަހުގެ ހޫނު ހަމަލާތައް ވެސް ދަނީ ރައްދުކުރަމުންނެވެ.

  • 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ނަޝީދާއި ޞާލިޙްގެ ދައުރު ވަރަށް މުހިންމުކަން.
  • އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ފިއްޓޭ ތާއީދުކުރައްވަނީ މީކާއިލް އަޙްމަދު ނަސީމަށްކަން.
  • ނަޝީދަށް ތާއީދުނުކުރައްވަނީ 2023 ވަނަ އަހަރު ޕާޓީ ދޫކުރައްވައި ވަޑައިގަތުމުން އުފެދުނު ބައިބައިވުމާ ގުޅިގެންކަން.
  • ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ މީކާއިލަށް ޞާލިޙް ތާއީދުކުރައްވާއިރު، ފައްޔާޒަށް ތާއީދުކުރައްވަނީ ނަޝީދުކަން.
  • މި އިންތިޚާބާ ގުޅިގެން އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެ، ދެ ފަރާތުން ވެސް ވަރުގަދަ ކެމްޕެއިންތަކެއް ކުރަމުންދާކަން.
comment ކޮމެންޓް