އަންނަ އާދީއްތަ ދުވަސް ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

ރައީސް އޮފީސް: އަންނަ އާދީއްތަ ދުވަސް ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޔާމީން ވަނީ ހަމަޖައްސަވާފައި -- ސަން ފައިލް ފޮޓޯ

އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމް ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ.

މުއާޒު ވިދާޅުވީ އަންނަ އާދީއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ މިނިވަން ދުވަހުގެ އެކި ހަރަކާތްތަކުގައި ސުކޫލު ދަރިވަރުންނާއި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާތީ ކަމަށެވެ.

މުއާޒު ވިދާޅުވީ ދެން ސަރުކާރު އޮފީސްތައް ހުޅުވޭނީ އަންނަ މަހުގެ އެއް ވަނަ ދުވަސް ކަމަށްވާ ހޯމަ ދުވަހު ކަމަށެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން އަންނަ އާދީއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ އިރު މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން މުޅި ޖުމުލަ ހަ ދުވަހުގެ ބަންދެއް ލިބޭނެ އެވެ.

comment ކޮމެންޓް