އިއްތިހާދުގެ ތިން މީހަކު ފުލުހަށް ހާޒިރުވާން އަންގައިފި

ސިދާތާ (ކ) ތަސްމީން (ވ): މިރޭ ފުލުހަށް ހާޒިރުވާން އަންގާފައިވާ މީހުންގެ ތެރޭގައި، ތަސްމީން އަދި ސިދާތާވެސް ހިމެނިވަޑައިގަންނަވާ -- ސަންފައިލް ފޮޓޯ

މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަންގައި އިސްކޮށް ހަރަކާތްތެރިވާ ތިން މީހަކު މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

އަދާލަތު ޕާޓީގެ މެމްބަރު ސިދާތާ ޝަރީފާއި އެމްޑީޕީގެ މެމްބަރު އަހުމަދު ތަސްމީން އަލީ އަދި ގާނޫނީ ވަކީލު ހަސަން ލަތީފް ފުލުހަށް ހާޒިރުވާ ޗިޓް ފޮނުވާފައިވާކަން 'ސަން' އަށް ވަނީ އެނގިފަ އެވެ. ނަމަވެސް އެމީހުން ފުލުހަށް ހާޒިރު ކުރަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ނޭންގެ އެވެ.

އެ ތިން މީހުންނަކީ ވެސް އިދިކޮޅު އިއްތިހާދުން އެކުލަވާލާފައިވާ ޝެޑޯ ކެބިނެޓްގެ މިނިސްޓަރުންނެވެ. އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް މިރޭ ނުވައެއް ޖަހާއިރު ފުލުހަށް ހާޒިރުވާން ވަނީ އަންގާފަ އެވެ.

comment ކޮމެންޓް