ދިޔަމިގިލީ ކައިރިން 12 ކިލޯގެ "މާވަހަރެއް" ހޮވައިފި

ތ.ދިޔަމިގިލީ ކައިރި އޮންނަ ފަޅުރަށުން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވި މީހުން، ކައިރީގައި މާވަހަރު ބާލިދީއަކަށް ލާފައި -- ފޮޓޯ// ކިޔުންތެރިއެއް

ތ. ދިޔަމިގިލީ ކައިރީގައި އޮންނަ ފަޅު ރަށަކަށް ދަތުރު ދިޔަ ބަޔަކު 12 ކިލޯގެ "މާވަހަރެއް" ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި އެވެ.

ދިޔަމިގިލީ ކައުންސިލުގެ ރައީސް ނާހިދު އައްބާސް "ސަން"އަށް ވިދާޅުވީ އެ ރަށް ކައިރީ އޮންނަ ފަޅު ރަށަކަށް ދަތުރު ދިޔަ 10 ވަރަކަށް މީހުންނަށް މާވަހަރުގެ ބާވަތެއް ކަމަށްވާ ހުދަން ބަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފާވާ ކަމަށެވެ.

އެއީ މާވަހަރެއްތޯ ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނާހިދު ވިދާޅުވި އެވެ.

ތ.ދިޔަމިގިލީ ކައިރި އޮންނަ ފަޅުރަށުން ހޮވި މާވަހަރެއް ކަމަށް ބެލެވޭ އެތި -- ފޮޓޯ/ ކިޔުންތެރިއެއް

މިހާރު ބާޒާރުގައި މާވަހަރުގެ އަގު އުޅެނީ 28 ޑޮލަރަށް ގްރާމެކެވެ. އެއީ މާވަހަރަކަށް ވެއްޖެނަމަ 5.18 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން ލިބޭނެ އެވެ. އަދި ހުދަންބަރަކަށް ވެއްޖެނަމަ އެއަށް ވުރެ ބޮޑު އަގު ލިބޭނެ ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް