ނައިބު ރައީސަށް ރުހުން ދިނުމާމެދު މަޖިލީހުން މިއަދު ގޮތެއް ނިންމަނީ

ނާއިބު ރައީސްގެ ފަތްކޮޅު ޖިހާދަށް ރައީސް ޔާމީނު ދެއްވަނީ --

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ރައީސް އަބްދުﷲ ޔާމީން ދާދިފަހުން އައްޔަން ކުރެއްވި ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހަށް ފޮނުވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީނު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ނައިބު ރައީސް ޖިހާދުގެ ނަންފުޅު މަޖިލީހުން ފާސްކޮށްދެއްވުމަށް އެދި ހުށަހަޅުއްވާ ކަމަށެވެ. އެ ސިޓީ ރައީސް ޔާމީނު މަޖިލީހަށް ފޮނުއްވާފައި ވަނީ ނައިބު ރައީސް ކަމަށް ޖިހާދު އައްޔަން ކުރެއްވި ދުވަހު އެވެ.

މިއަދު ވަނީ ނައިބު ރައީސް ކަމަށް ޖިހާދު އައްޔަން ކުރެއްވުމުން އެކަމާ ގުޅޭ ބަހުސް ވެސް މަޖިލީހުގެ ތަޅުމުގައި ކޮށްފަ އެވެ.

އެގޮތުން ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ނައިބު ރައީސް ކަމަށް ރައީސް ޔާމީނު އައްޔަން ކުރައްވާފައިވާ ޖިހާދަކީ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ވެސް ޖިހާދަކީ ނައިބު ރައީސްގެ މަގާމަށް އެކަށީގެންވާ ބޭފުޅެއް ކަމަށެވެ.

"ރައީސް ޔާމީނު މަޖިލީހަށް ފޮނުއްވާފައިވާ ނައިބު ރައީސް ޖިހާދުގެ ނަންފުޅަށް ބަލާލާއިރު އެބޭފުޅާއަކީ ގަވަރުނަރުކަން ވެސް އެތައް ދުވަހަކު ކުރައްވާފައިވާ ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުކަން ކުރައްވާފައިވާ އަދި މި ނޫނަސް ދައުލަތުގެ އެކި މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެއް. މިއަދު ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވެގެން މިއުޅޭ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެއްބާރުލުން ދީ ރައީސުލްޖުމްހޫރިއްޔާ އެކުގައި އެ މަސައްކަތް ކުރެވޭނެ ބޭފުޅެއް ޖިހާދަކީ،" ރިޔާޒު ރަޝީދު ވިދާޅުވި އެވެ.

ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާު އިބްރާހިމު ވިދާޅުވީ ނައިބު ރައީސް ކަމަށް ރައީސް ޔާމީނު އައްޔަން ކުރައްވާފައިވާ ޖިހާދަކީ ފަހުގެ ތާރީހެއްގައި ރާއްޖެއަށް ވަރަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އޭނާ ވިދާޅުވީ ނައިބު ރައީސް ޖިހާދަކީ ސިޔާސީ ގޮތުން ވެސް ވަރަށް ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށެވެ.

"ނައިބު ރައީސް ޖިހާދަކީ ފައިނޭންޝަލް ދާއިރާގައި ފަހުގެ ތާރީހެއްގައި ދުށް އެންމެ ތަޖުރިބާ ހުންނެވި ބޭފުޅާ ކަމަށް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ވެސް ގަބޫލުފުޅުކުރައްވާނެ. ދައުލަތަށް ހިދުމަތް ކުރުމަށް ގައުމުގައި ތިއްބެވި މިފަދަ އިލްމީ ބޭފުޅުން އިސްނަންގަވާ މަގާމުތަކާއި ހަވާލުވެވަޑައިގެންނެވުމަކީ ހެޔޮ ފާލެއް،" ނިޒާރު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ނައިބު ރައީސް ކަމަށް ޖިހާދަށް ރުހުން ދިނުން ވެސް އޮންނާނެ އެވެ. ރައީސް ޔާމީނުގެ ތިންވަނަ ނައިބު ރައީސަކަށް ޖިހާދު އައްޔަން ކުރެއްވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

އަށް މަސް ފަހުން ރައީސް ޔާމީން ނައިބު ރައީސެއް އައްޔަން ކުރެއްވި އިރު އެންމެ ފަހުން ނައިބު ރައީސް އަކަށް ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އެމަގާމުން ވަކިކުރެއްވީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވި މައްސަލައިގެ ތުހުމަތާއެކު އެވެ.

ރައީސް ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ނައިބު ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް އެމަނިކުފާނު އެ މަގާމުން ވަކިކުރެއްވީ ސަރުކާރަށް އެހީތެރިނުވާ ކަމަށް ބުނެ އެވެ.

ނައިބު ރައީސްއަކަށް މިއަދު އައްޔަންކުރެއްވި ޖިހާދަކީ ރާއްޖޭގެ އިގްތިސާދީ ދާއިރާގެ ގިނަ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ފައިނޭންސް މިނިސްޓަރުކަން އެތައް ފަހަރަކު ކުރެއްވުމުގެ އިތުރަށް އެމްއެމްއޭގެ ގަވަރުނަރުކަން ވެސް ހިމެނެ އެވެ.

comment ކޮމެންޓް