ބޭނުންވާ ތަކެތި:
- 900ގ ކުކުޅު (ބޯންލެސް/ ކުދިކޮށް ކޮށާފައި)
- 3 ސައިސަމުސާ ލޮނު
- 1/2 ޖޯޑު ކައްކާ ތެޔޮ
- 1.5 ޖޯޑު ފިޔާ (ކުދިކޮށް ކޮށާފައި)
- 1 މޭޒުމަތީ ސަމުސާ ލޮނުމެދު (ގާނާފައި)
- 1.5 ސައިސަމުސާ އިނގުރު (ގާނާފައި)
- 1 މޭޒުމަތީ ސަމުސާ ކަރީ ޕައުޑަރު
- 1 ސައިސަމުސާ ރީނދޫ
- 3 ސައިސަމުސާ ކޮރިއެންޑާ ފަތް (ކޮށާފައި)
- 1 ސައިސަމުސާ އަސޭމިރުސް (ހިމުންކޮށްފައި)
- 1/2 ޖޯޑު ފެން
- 1 ދަޅު ޓޮމާޓޯ ޕޭސްޓު
- 1 ޖޯޑު ޔޯގަޓް
- 1 ސައިސަމުސާ ގަރަމް މަސާލާ
- 1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
ތައްޔާރު ކުރާނެ ގޮތް:
ކުކުޅު ކޮޅުގެ މައްޗަށް ދެ ސައިސަމުސާ ލޮނު ބުރުވާލާށެވެ.
ބޮޑު ތަވައަކަށް ތެޔޮ އެޅުމަށް ފަހު، ކުކުޅު ކޮޅު ތެލުލާށެވެ. ކުކުޅަށް މުށި ކުލަ އަރަންދެން ތެލުލާށެވެ. އެއަށްފަހު ކުކުޅު ކޮޅު ތަށްޓަކަށް ލާފައި ބަހައްޓާށެވެ.
އެއަށްފަހު ތަވާގެ ތެރެއަށް ފިޔާ، އިނގުރު އަދި ލޮނުމެދު އެޅުމަށް ފަހު މަޑު ގިނީގައި ތެލުލާށެވެ. ފިޔާކޮޅު ރަތް ވުމުން ތަވަޔަށް ކަރީ ޕައުޑަރު، ރީނދޫ، އެއް ސައިސަމުސާ ކޮރިއެންޑާ، އަސޭމިރުސް އަދި މޭޒުމަތީ ސަމުސަލެއްގެ ފެން އަޅައި ކައްކާލާށެވެ.
ދެތިން މިނެޓު ފަހުން، ތަވަޔަށް ޓޮމާޓޯ ޕޭސްޓް، ޔޯގަޓް، އެއް ސައިސަމުސާ ކޮރިއެންޑާ، އަދި އެއް ސައިސަމުސާ ލޮނު އަޅާށެވެ. ހުރިހާ އެއްޗެއް އެއްކޮށް ހާކާލުމަށް ފަހު އޭގެ ތެރެއަށް ކުކުޅު ކޮޅު އަޅާލާށެވެ.
އެއަށް ފަހު 1/2 ޖޯޑު ފެން އެޅުމަށް ފަހު، ކައްކާލާށެވެ. އަދި މައްޗަށް ކޮރިއެންޑާ ފަތް ކޮޅަކާއި ގަރަމް މަސާލާ ކޮޅެއް ބުރުވާލާށެވެ.
ވިއްސަކަށް މިނެޓު ކައްކާލުމަށް ފަހު، އުނދުން މަތިން ބާލާށެވެ. އޭރުން ރިހަ ހުންނާނީ ތައްޔާރުވެފަ އެވެ. ސާރވް ކުރުމުގެ ކުރިން ކުކުޅުކޮޅުގެ މައްޗަށް ލުނބޯ ހުތް ކޮޅެއް ޖަހައިލުމުން ރަހަ އިތުރަށް ފުރިހަމަ ވާނެ އެވެ. ބަތް ނުވަތަ ރޮއްޓާ އެކު ކާލަން ވަރަށް މީރުވާނެ އެވެ.