ބޭނުންވާ ތަކެތި:
- ކިޓް ކެޓް ޗޮކުލެޓެއް (42ގ ޗޮކްލެޓް)
- 2 ޖޯޑު ވެނީލާ އައިސްކްރީމް (ވެނީލާ ޔޯގަޓް ވެސް ބޭނުން ކުރެވިދާނެ)
- 1/2 ޖޯޑު ކިރު
- 1 ސައިސަމުސާ ވެނީލާ އެސެންސް
- ޗޮކުލެޓް ސިރަޕް
- ވިޕްޑް ކުރީމް
ތައްޔާރު ކުރާނެ ގޮތް:
އައިސްކުރީމް އާއި ޗޮކުލެޓް، ކިރު އަދި ވެނީލާ އެސެންސް މިކްސަރަށް އަޅާލާށެވެ. އޭގެ ފަހުން މައްޗަށް ޗޮކުލެޓް ސިރަޕް އަޅާލުމަށް ފަހު ގިރާލާށެވެ. ރަނގަޅަށް ގިރުމުން ތަށްޓަށް އެޅުމަށް ފަހު، މައްޗަށް ވިޕްޑް ކުރީމް އަދި ޗޮކުލެޓް ސިރަޕް އަޅާލާށެވެ.