ބޭނުންވާ ތަކެތި:
- 4 ބިސް (ފެނުކައްކާފައި)
- 2 ދަޅު މަސް (ވަޅޯ މަސް ވެސް ބޭނުން ކުރެވިދާނެ)
- 3 ފިޔާ (ތުނިކޮށް ކޮށާފައި)
- އިނގުރު ކޮޅެއް (ގާނާފައި)
- ލޮނުމެދު ކޮޅެއް (ގާނާފައި)
- 1 ސައިސަމުސާ ޗިލީ ޕައުޑަރު
- 1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
- މުގުރި އަސޭމިރުސް ކޮޅެއް
- ލޮނު ކޮޅެއް
- ހިކަނދިފަތް
- ތެޔޮ ފޮދެއް
- 2 ޖޯޑު ފުށް
- ފެން ފޮދެއް
ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ފުށް ގަނޑު މޮޑެލާށެވެ. އެއަށްފަހު ފުށްގަނޑު ދަމައި، ހަތަރު ފަޅިއަށް ކަފާލާށެވެ.
އަދި ފެނު ކައްކާފައި ހުރި ބިސް، ހަތަރު ފަޅިއަށް ފަޅާލާށެވެ.
މަސްގަނޑު ތައްޔާރު ކުރުމަށް، ތަވަޔަކަށް ތެލާއި، ފިޔާ، އިނގުރު، އަސޭމިރުސް، ހިކަނދި ފަތް، ލޮނުމެދު އަދި ޗިލީ ޕައުޑަރު އަޅައި، ފިޔާ މީރުކޮށްލާށެވެ.
ފިޔާކޮޅު ރަތްވުމުން، ޓޮމާޓޯ ޕޭސްޓް އަދި މަސްކޮޅު އަޅައި ކުޑައިރު ކޮޅަކު މަޑު ގިނީގައި ކައްކާލާށެވެ.
މަސްގަނޑު ތައްޔާރު ވުމުން، ކަފާފައި ހުރި ފުށްކޮޅުގެ މެދަށް މަސްކޮޅެއް ލުމަށް ފަހު، އޭގެ މަތީގައި ފޮތިކޮށްފައި ހުރި ބިސްކޮޅެއް ބޭއްވުމަށް ފަހު، ދެކޮޅުން ހުޅުވިފައިވާ ގޮށްޓެއްގެ ބައްޓަމަށް ތަތްކޮށްލާށެވެ.
ދެން އަވަނަށް ލައި ފިހެލާށެވެ.