ސަން ބަދިގެ: ސޮސެޖް ޕިއްޒާ ކަޕް

ޕިއްޒާއަކީ އާންމު ގޮތެއްގައި ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް ކަމުދާ އެއްޗެކެވެ. މިފަހަރު މިއީ، ޕިއްޒާއެއް ސްލައިސްކޮށް ކެއުމަށްވުރެ، ކުޑަ މަފިން ސައިޒްގައި ޕިއްޒާ ތައްޔާރުކުރެވޭނެ ގޮތެކެވެ.

ބޭނުންވާނެ ތަކެތި

  • 1 ޕިއްޒާ ފުށްގަނޑު
  • 2 ސައިސަމުސާ އޮލިވް އޮއިލް
  • މޮޒަރެއްލާ ޗީޒް (ގާނާފައި)
  • 3/4 ޖޯޑު ސޮސެޖް (ކޮށާފައި)
  • 1/2 ޖޯޑު ޕިއްޒާ ސޯސް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ އަވަން 400 ޑިގްރީ ސެލްސިއަސްގައި ޕްރީހީޓް ކުރާށެވެ.

އެއަށްފަހު ބިއްލޫރިތަށްޓެއް ބޭނުންކޮށްގެން ފުށްގަނޑު ވަށްކޮށް ކަފާށެވެ. މަފިން ޓްރޭއެއް ނަގައި، ތެޔޮ ފޮދެއް ހާކާލުމަށްފަހު، ފުށްކޮޅު ފަތުރާލާށެވެ. ދެން އޭގެ ތެރެއަށް ސޯސްކޮޅެއް އަޅައި، ސޮސެޖު ކޮޅެއް ވެސް އަޅާށެވެ. އެންމެ މައްޗަށް އަޅާނީ ޗީޒްއެވެ.

މަފިން ޓްރޭއެއްގެ ކޮންމެ ބައެއްގައި ވެސް އެގޮތަށް ޕިއްޒާ ކަޕްސް ފަތުރާލާށެވެ. އަދި ޗީޒް މެލްޓްވެ، ފުށްގަނޑު ރޯފިލަންދަން ފިހޭށެވެ. އެކަމަށް 30-35 މިނެޓު ނަގާނެއެވެ.

އަވަނުން ނެގުމަށްފަހު، ޓްރޭއިން ޕިއްޒާ ކަޕްތައް ނަގާނީ 10-15 މިނެޓު މަޑުކުުރުމަށް ފަހުގައެވެ.

comment ކޮމެންޓް