މިއީ އާންމުކޮށް އަލުވިން ތައްޔާރުކުރާ ފްރައިސް، ތަފާތު ގޮތަކަށް ތަޖުރިބާ ކުރުމަށް ފްރައިސް ތައްޔާރުކުރެވޭނެ ގޮތެކެވެ.

ބޭނުންވާ ތަކެތި
- ދެ ކުޑަ ބަށި
- ދެ ޖޯޑު ފެން
- 1/4 ޖޯޑު ކިރު
- 1/4 ސައިސަމުސާ ލޮނު
- 1/2 ޖޯޑު ފުށް
- 1 މޭޒުމަތީ ސަމުސާ ޗިކަން ޕައުޑާ
- ދެ ބިސް
- ލޮނާއި އަސޭމިރުސް
- 1 1/2 ޖޯޑު ފާރޮށިކުނޑި
- ތެޔޮ
ތައްޔާރުކުރާނެ ގޮތް
ބޯތަށްޓެއްގައި ކިރާއި ފެނާއި ލޮނު އެއްކޮށްލާށެވެ.
ބަށީގެ ތޮށި ނޮޅައި، ފްރެންޗް ފްރައިސް ހުންނަ ގޮތަށް ކޮށާލާށެވެ. އަދި ކިރާއި ފެން ހުރި ބޯތަށްޓަށް އަޅައި، 10 މިނެޓު ވަންދެން ބަހައްޓާށެވެ.
ދެން، ފުށާއި ޗިކެން ޕައުޑަރު އެއްކޮށްލައި، ބަށި ފްރައިސް ނަގައި، ކޮންމެ އެތިކޮޅެއްގައި އެ މިކްސް ހާކާށެވެ.
އެއަށްފަހު ބިހާއި ލޮނާއި އަސޭމިރުހާއި ކިރު އެއްކޮށްލާށެވެ. އަދި އޭގެ ތެރެއަށް ބަށި ފްރައިސް އަޅައި ފޯކޮށްލާށެވެ. އެއަށްފަހު ކޮންމެ އެތިކޮޅެއްގައި ފާރޮށިކުނޑި ހާކާށެވެ.
ދެން ތެޔޮ ހޫނުކުރުމަށް ފަހު، ރަތްވަންދެން ތެލުލާށެވެ.
ބޭނުންނަމަ، އަވަނުގައި ވެސް ފިހެވޭނެއެވެ. ފުރަތަމަ އަވަން ޕްރީހީޓް ކުރުމަށްފަހު، 15-18 މިނެޓު ވަންދެން ފިހޭށެވެ. އެ ވަގުތުކޮޅުގައި، އެއް ފަހަރު ފްރައިސް ފުށަށް ޖަހަންވާނެއެވެ.
comment ޜަނާ
3 day 7 hour ago
ދެ ކުޑަ ބަށިތޯ ކުޑަ ދެ ބަށިތޯ