މިއީ ގިނަ ބަޔެއްގެ މެދުގައި މަގުބޫލު ފެރާރޯ ރޮޝާ ޗޮކްލެޓާއި، ޗީޒްކޭކް އެއްކޮށްލުމުން، ތައްޔާރުކުރެވޭ މީރު ފޮނި ކެއުކެމެކެވެ.
ބޭނުންވާ ތަކެތި
- 200 ގުރާމު ޗޮކްލެޓް ބިސްކޯދު (އެ މީހަކަށް ކަމުދާ ވައްތަރެއްގެ)
- 70 ގުރާމު އަންސޯލްޓެޑް ބަޓާ
- 10-8 ފެރާރޯ ރޮޝާ ޗޮކްލެޓް (ވަޅިން ކުދިކޮށް ކޮށާފައި)
- 400 ގުރާމު ކްރީމް ޗީޒް
- 1/2 ޖޯޑު ހަކުރު (ހިމުންކޮށް މުގުރާފައި)
- 1 ސައިސަމްސާ ވެނީލާ އެސެންސް
- 500 މިލިލީޓަރު ވެނީލާ އައިސް ކްރީމް
- 1/2 ޖޯޑު ޗޮކްލޭޓް ސޯސް (ބޭނުން ނަމަ)
- 10-8 ފެރާރޯ ރޮޝަރ ޗޮކްލެޓް – ކޭކް މަތީ އެތުރުމަށް
ތައްޔާރުކުރާނެ ގޮތް
ބިސްކޯދުތައް މިކްސަރުގެ މުގުރާ ބަޔަށް އެޅުމަށްފަހު މުގުރާލާށެވެ. ދެން ބަޓަރު ކޮޅު ވިރުވާލުމަށްފަހު، މުގުރާފައިހުރި ބިސްކޯދު ތެރެއަށް އަޅާ އެއްކޮށްލާށެވެ.
ކްރަސްޓް ތައްޔާރު ކުރުމަށް، 8 އިންޗީގެ ވަށް ޓްރޭއެއްގައި ބޭކިން ޕޭޕަރު އެޅުމަށްފަހު ބަޓަރާ އެއްކޮށްފައި ހުރި ބިސްކޯދުތައް އަޅައި، ފަތުރާލުމަށްފަހު އަތުގެ އިނގިލިތަކުން ރަނގަޅަށް ފިއްތާލައި، އެއްވަރު ކޮށްލާށެވެ. މި ޓްރޭ 30 މިނެޓްވަދެން އައިސް އަލަމާރީގެ ގަނޑުކުރާ ބައިގައި ބަހައްޓާށެވެ.
ބްލެންޑަރެއްއް ބޭނުންކޮށްގެން ކްރީމް ޗީޒް، ހަކުރު، އަދި އެސެންސް ރަނގަޅަށް އެއްކޮށްލާށެވެ. އޭގެ ތެރެއަށް އައިސްކްރީމް ވެސް އަޅައި، އެއްކޮށްލުމަށްފަހު ކޮށާފައި ހުރި ޗޮކްލެޓްތައްވެސް އަޅައި މަޑުމަޑުން އެއްކޮށްލާށެވެ. އަދި ތައްޔާރު ކޮށްފައިހުރި ބިސްކޯދު ކްރަސްޓްގެ ތެރެއަށް މި މިކްސް އޮއްސާލުމަށްފަހު، މަދުވެގެން 4 ގަޑިއިރު ވަންދެން އަނެއްކާވެސް އައިސް އަލަމާރީގައި ބަހައްޓާށެވެ.
ކެއުމުގެ 10 މިނެޓް ކުރިން އައިސް އަލަމާރިން ކޭކް ނެގުމަށްފަހު މައްޗަށް ޗޮކްލެޓް ސޯސް (ބޭނުން ނަމަ) އަޅާލައި، ފެރާރޯ ރޮޝާ ޗޮކްލެޓް ބޭނުންކޮށްގެން ކޭކް ރީތި ކޮށްލާށެވެ.