ބޭނުންވާ ތަކެތި:
- 1 ކިލޯ ބީފް
- ލޮނު އަދި މުގުރި އަސޭމިރުސް
- 1.5 މޭޒުމަތީ ސަމުސާ ކައްކާ ތެޔޮ
- 4 ފޮތި ޗީޒް
- 4 ބާގާ ބަނަސް
ތައްޔާރު ކުރާނެ ގޮތް:
ބީފް ހަތަރު ބައި ކޮށްލުމަށް ފަހު، ލޮނު ކޮޅަކާއި އަސޭމިރުސް ކޮޅެއް އަޅައި ފަސް ވަރަކަށް މިނެޓު ވަންދެން މަޑު ގިނީގައި ތެލުލާށެވެ.
ބޭނުން ނަމަ ބަނަސް ވެސް ފިހެލެވިދާނެ އެވެ.
ބީފް ތެލުލެވުމުން، ބަނަސް ދެފަޅިއަށް ފަޅާލުމަށް ފަހު، މެދަށް ބީފް ލާށެވެ. އެއަށްފަހު އޭގެ މަތީގައި ޗީޒް ފޮއްޗެއް ބާއްވާށެވެ. މަތީގައި ބަނަސް ފަޅި ބޭއްވުމަށްފަހު، ބާގާ ވަށައިގެން ފޮއިލް އޮޅާލާށެވެ.
އެއަށްފަހު އަވަނަށް ލައި ފިހެލާށެވެ.