ބޭނުންވާ ތަކެތި:
1 ބިސް
1 މޭޒުމަތީ ސަމުސާ ބަޓަރު
1 މޭޒުމަތީ ސަމުސާ ފެން
1 މޭޒުމަތީ ސަމުސާ ކައްކާ ތެޔޮ
1 ފިޔާ (ކުދިކޮށް ކޮށާފައި)
2 ލާހި ހަނޑުލުގެ ބަތް
2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
1 ސައިސަމުސާ އަސޭމިރުސް
1 ޖޯޑު ކުކުޅު (ކުދިކޮށް ކޮށުމަށްފަހު ކައްކާފައި)
ތައްޔާރު ކުރާނެ ގޮތް:
ކުޑަ ބޯތަށްޓެއްގައި ބިހާއި ފެން އެއްކޮށް ގިރާށެވެ. އެއަށް ފަހު ތަވަޔަކަށް ބަޓަރު އަޅައި ބަޓަރު ކޮޅު ދިޔާކޮށްލާށެވެ. ބަޓަރު ކޮޅު ދިޔާވުމުން އޭގެ ތެރެއަށް ކުރިން އެއްކުރި ބިސް އަޅައި ބިސްގަނޑެެއް ތައްޔާރުކޮށްލާށެވެ.
ދެތިން މިނެޓު އުނދުން މަތީގައި ބެހެއްޓުމަށް ފަހު ނަގައި ކުދިކޮށް ކޮށާލާށެވެ. ތަވަޔަށް ތެޔޮ އެޅުމަށް ފަހު ފިޔާކޮޅު އަޅައި މީރުކޮށްލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް ބަތް، ކުކުޅު، އަސޭމިރުސް އަދި ސޯޔާ ސޯސް އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ކޮށާފައި ހުރި ބިސްގަނޑު އެއްކޮށްލާށެވެ.