މި ރަމަޟާން މަހުގެ ފަހު ދިހައިގައި މާލޭ ސިޓީގެ 32 މިސްކިތެއްގައި ދަމު ނަމާދު ކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.
ފަހު ދިހައިގައި މާލޭގައި 18 މިސްކިތަކުން ދަމު ނަަމާދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވިލިމާލެއިން ތިން މިސްކިތެއްގައި ދަމު ނަމާދުކުރާއިރު، ހުޅުމާލޭގެ 11 މިސްކިތެއްގައި ދަމު ނަމާދު ކުރެއެވެ.
އެގޮތުން، މާލޭގައި ދަމުނަމާދު ކުރަން ހަމަޖެހިފައިވަނީ:
- އިސްލާމީ މަރުކަޒު
- މަސްޖިދުލް މަލިކި ސަލްމާން
- މަސްޖިދުއްސުލްޠާން މުހައްމަދު ބިން އަބްދިﷲ
- މަސްޖިދުއްސުލްޠާން މުހައްމަދު ޝަމްސުއްދީން
- މަސްޖިދުއްސުލްޠާން މުހައްމަދު ފަރީދުލްއައްވަލް
- މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން
- މަސްޖިދު އަލީ ޙުސައިން
- މަސްޖިދު ޞަލާޙުއްދީން
- މަސްޖިދުލް ފުރުޤާން
- މަސްޖިދު ޖަލާލުއްދީން
- މަސޖިދުއްނޫރު
- މަސްޖިދު އިބުރާހިމް
- މަސްޖިދު ޝަޙީދު ޢަލީ
- މަސްޖިދު އިސްކަންދަރު
- މަސްޖިދު ޝަޙީދު އަބްދުއްރަޙްމާން
- މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން
- މަސްޖިދުއް ޝައިޙް މުޙައްމަދު ޖަމީލް ދީދީ
- މާފަންނު މިސްކިތް
- މަސްޖިދުއް ސަލާމް
- މަސްޖިދުލް އިޙުލާސް
- މަސްޖިދުލް ބިއްރި
- މަސްޖިދުލް ޝައިޙް ޤާސިމް ބިން މުޙައްމަދު އާލްޘާނީ
- މަސްޖިދު ޢަޒީޒާ މޫސާ
- މަސްޖިދު ޢުމަރު ބުނުލް ޙައްޠާބު
- މަސްޖިދުލް ވާލިދައިނީ
- ހުޅުމާލޭ ވަގުތީ މިސްކިތް
- މަސްޖިދުއް ރަޝީދު
- މަސްޖިދުލް އައްޞީދިޤު
- މަސްޖިދު މުޙައްމަދު
- މަސްޖިދު ޙަސަން އާދަމް
- މަސްޖިދު ޢުސްމާން ބިން ޢައްފާން
- މަސްޖިދު އަބީބަކުރުނިއްޞިއްދީޤު
ރޯދަމަހު ފަހުދިހައި ގައި އިޢުތިކާފަށް ތިބުމަށް ހަމަޖެހިފައިވަނީ ނުވަ މިސްކިތެކެވެ. އެއީ މާލޭގެ އަށް މިސްކިތަކާއި ހުޅުމާލޭގެ ހަތް މިސްކިތް އަދި ވިލިމާލޭގެ މަސްޖިދުލް އިޚުލާސެވެ.
ފަހު ދިހައިގައި ދަމު ނަމާދު އަދި އިޢުތިކާފު ކުރާ މިސްކިތްތަކާ ގުޅޭ އިތުރު ތަފްސީލު https://islamicaffairs.gov.mv/?p=10450 މި ލިންކުން ލިބޭނެއެވެ.