އަދީބު ދޫނިދޫގައި ބަހައްޓާފައި ހުރީ އިތުރު މައްސަލަތަކެއް ތަހުގީގު ކުރާތީ: ނަވާޒު

އަބްދުﷲ ނަވާޒު ---- ސަން ފައިލް ފޮޓޯ

ކްރިމިނަލް ކޯޓުން 25 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ފުލުހުންގެ ބަންދުގައި ހުރީ އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއް ތަހުގީގު ކުރާތީ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވެއްޖެ އެވެ.

ނަވާޒު މިއަދު ސަން އަށް ވިދާޅުވީ އަދީބު ދޫނިދޫގައި ބަހައްޓާފައި ހުރީ ތަންފީޒީ ބަންދެއްގައި ނޫން ކަމަށެވެ.

"އަހުމަދު އަދީބާ ގުޅޭ އިތުރު މައްސަލަތަކެއް ތަހުގީގު ކުރަމުން ދަނީ. އެހެންވެ އަދީބު ދޫނިދޫގައި ބަހައްޓާފައި ހުރީ،" ނަވާޒު ވިދާޅުވި އެވެ.

ނަވާޒު މިހެން ވިދާޅުވީ ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައި ވަނިކޮށް އަދީބު ފުލުހުންގެ ބަންދުގައި ބަހައްޓާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް އޭނާގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެފައި ވަނިކޮށެވެ.

ދެ ފިސްތޯލަ އާއި ގޮވާތަކެތި ގެންގުޅުއްވިކަން ސާބިތުވެ އަދީބު 10 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލިކަން ސާބިތުވެ އަދީބު 15 އަހަރަށް ޖަލަށްލުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.

comment ކޮމެންޓް

comment އަހުމަދު

9 year 9 month ago

މިހާރު ފުލުހުން ދައްކާ ވާހަކަ ރައްޔިތުން ގަބޫލު ނުކުރެއެވެ. ސަބަބަކީ ގާބިލުކަން ނެތުމާއި ދޮގުހެދުމެވެ. އެގޮތުން ނަޝީދުއަށް ޖަލުން ހަވާލުކުރި ލިޔުން ސައްޚާ ލިޔުމެއްތޯ ބެލުމަށްޓަކައި ހަވާލުކުރި ލިޔުމުގެ ސަބަބުން ފުލުހުންގެ ފެންވަރު ރައްޔިތުންނަ އެގިއްޖެއެވެ.

comment އަލިފު

9 year 9 month ago

ސާބަހޭ. ބައެއްމީހުންނަށް ހީވަނީ އަދީބުގެ އޮތީ އެންމެ މައްސަލަ އެކޭ.

comment އަހުމަދު

9 year 9 month ago

ކޮންވާހަކައެއްތޯ ނަވާޒް. ތީ މިހާރު ދެން އެހެން ވާހަކައެއް ދައްކަވަނީހަމަ

comment އަލީ

9 year 9 month ago

މީނަމީ ގަދަމީހެއް. ކޮންމެ ވެރިކަމެއްގައިވެސް ފުލުހުންގެ އައްޑަނަ.