ސަން ބަދިގެ: ވެނީލާ ޕުޑިން

ވެނީލާ ޕުޑިން

ބޭނުންވާ ތަކެތި:

  • 2 ޖޯޑު ކިރު
  • 1/2 ޖޯޑު ހަކުރު
  • 3 މޭޒުމަތީ ސަމުސާ ޒުވާރި ފުށް
  • 1/4 ސައިސަމުސާ ލޮނު
  • 1 މޭޒުމަތީ ސަމުސާ ބަޓަރު
  • 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް:

ތަވަޔަކަށް ކިރު އެޅުމަށް ފަހު މަޑު ގިނީގައި ކައްކާލާށެވެ.

ބޯތަށްޓެއްގައި ހަކުރު، ފުށް އަދި ލޮނު އެއް ކުރުމަށް ފަހު، ކެކިކެކި ހުރި ކިރުގެ ތެރެއަށް އެއްކޮށްލާށެވެ. ފަހަރަކު އެތިކޮޅެއް އަޅަމުން ގިރަމުން ގެންދާށެވެ. ޕުޑިން އަކަށް ވަންދެން (ތަތް ވަންދެން) ގިރަމުން ގެންދަން ހަނދާން ބަހައްޓާށެވެ.

ޕުޑިން އަކަށް ވުމުން އުނދުން މަތިން ބާލައި، އޭގެ ތެރެއަށް ވެނީލާ އެސެންސް އަދި ބަޓަރު އަޅައި ގިރާލާށެވެ. އޭރުން ވެނީލާ ޕުޑިން ތައްޔާރުކޮށް ނިމުނީ އެވެ. ކެއުމުގެ ކުރިން ފިނިކޮށްލުމުން އިތުރަށް މީރު ވާނެ އެވެ.

comment ކޮމެންޓް