ބޭނުންވާ ތަކެތި:
6 ފޮތި ޕާން
1 ބިސް (ގިރާފައި)
ފާރޮށި ކުނޑި
1 ބޯންލެސް ޗިކަން ބްރެސްޓް (ކައްކާފައި)
ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
ލެޓިއުސް
މަޔޮނައިޒް
ތައްޔާރު ކުރާނެ ގޮތް:
ޕާން ފޮތި ތައް ވައްކޮށް ކަފާށެވެ. އެއަށްފަހު ކުކުޅު ކުދިކޮށް ކޮށާލާށެވެ.
ޕާން ފޮތީގައި މަޔޮނައިޒް އުނގުޅުމަށްފަހު އޭގެ މައްޗަށް ކުކުޅު އަޅާށެވެ. އޭގެ މަތީގައި ޓޮމާޓޯ އަދި ލެޓިއުސް ފަތުރާލާށެވެ. އެއަށްފަހު މަތީގައި ޕާން ފޮތި ބޭއްވުމަށް ފަހު ބިހުގެ ތެރެއަށް ސޭންޑްވިޗް ލާށެވެ.
ސޭންޑްވިޗްގައި ބިސް އުނގުޅުމަށް ފަހު ނަގައި ފާރޮށި ކުނޑި އުނގުޅާލާށެވެ.
ބޭނުން ނަމަ، ތެލުލައިގެން ނުވަތަ ފިހެގެން ވެސް ކާލަން މީރު ވާނެ އެވެ.