ސަން ބަދިގެ: ޗިލީ ޗިކަން

ޗިލީ ޗިކަން----

ބޭނުންވާ ތަކެތި:

350ގ ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)

1 ބިސް (ގިރާފައި)

1/2 ޖޯޑު ޒުވާރި ފުށް

1/2 ސައިސަމުސާ ލޮނުމެދު (ގާނާފައި)

1/2 ސައިސަމުސާ އިނގުރު (ގާނާފައި)

1 މޭޒުމަތީ ސަމުސާ ލޮނު

ތެޔޮ

2 ފިޔާ (ކުދިކޮށް ބޯކޮށް ކޮށާފައި)

2 ކެޕްސިކަމް (ކަރުގަނޑު ނަގައި ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

2 މޭޒުމަތީ ސަމުސާ ވިނެގާ

2 ފެހި މިރުސް

1 ޖޯޑު ޓޮމާޓޯ ސޯސް

1 ޖޯޑު ޗިލީ ސޯސް

ތައްޔާރު ކުރާނެ ގޮތް

ބިސް، އަސޭމިރުސް، ލޮނުކޮޅެއް، ސޯޔާ ސޯސް އަދި ފުށް އެއްކޮށް ރަނގަޅަށް ގިރާލާފައި ކުކުޅުގައި ހާކާފައި ބަހައްޓާށެވެ.

އެއަށް ފަހު ތަވަޔަށް ތެޔޮ އަޅައި، ތެޔޮގަނޑު ހޫނުވުމުން، އޭގެ ތެރެއަށް ކުކުޅު މަސްތައް އަޅައި ރޯފިލަންދެން ތެލުލާށެވެ.

ތެޔޮގަބޭރަށް މަޑު މުށި ކުލައެއް އެރުމުން އުނދުން ނިއްވާލާށެވެ.

އެހެން ތަވައަކަށް ކުޑަ ތެޔޮ ފޮދެއް އެޅުމަށް ފަހު، ފިޔާ، މިރުސް އަދި ކެޕްސިކަމް އެއްކޮށް އަޅާލާފައި ފިޔާކޮޅު މޯޅި ވުމުން އޭގެ ތެރެޔަށް ކުކުޅު ފިޔަވައި އެހެން އެއްޗެހި އަޅައި ރޯފިލުމުން ދެން ކުކުޅު އެއްކޮށް ދެތިން މިނެޓު މަޑު ގިނީގައި ކައްކާލާށެވެ.

comment ކޮމެންޓް