ފަސް މިލިއަން ޑޮލަރަށް ހިޔާނަތްވި ކަމަށް ބުނާ މައްސަލައިގެ ހުކުމް މާދަމާ އިއްވަނީ

އަބްދުﷲ ޒިޔަތު(ކ)، އަދީބު(މ) އަދި ހާމިދު --- ސަން ފައިލް ފޮޓޯ

ދައުލަތުގެ ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ކުރީގެ ނައިބް ރައީސް އަހުމަދު އަބްދުލްޢަފޫރު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު އަދި މާފަންނު ޝުރާ މަންޒިލް ހާމިދް އިސްމާއިލްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް މާދަމާ އިއްވަން ނިންމައިފިއެވެ.

އެ މައްސަލާގައި ހުކުމް އިއްވުން އޮންނާނީ މާދަމާ 11:00 ގައެވެ.

އެ މައްސަލަ އަކީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީއިން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކުންފުނިން އެމްއެމްޕީއާރުސީއަށް ދިން ފަސް މިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ މައްސަލާގެ ފަހު އަޑުއެހުމުގައި ދައުލަތުންނާއި ދިފާއީ ވަކީލުންގެ ފަރާތުން ވަނީ ޚުލާސާ ބަޔާން ހުށަހަޅާފަ އެވެ. ނަމަވެސް ގައުމީ ސަލާމަތަށްޓަކައި އެ އަޑުއެހުން ސިއްރުކޮށްފައިވާތީ އަޑުއެހުމުގައި ހިނގި ކަންތައްތަކެއް ނޭނގެ އެވެ.

ހާމިދުގެ ހިއްސާ އޮންނަ މިިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑުގެ ބޭންކް އެކައުންޓަށް ފަސް މިލިޔަން ޑޮލަރު ޖަމާކުރެއްވުމަށްފަހު ފޯނުން ގުޅުއްވައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އެންގެވި ކަމަށް އެކުންފުނީގެ ހިއްސާދާރެއް ކަމުގައިވާ އަމްޖަދު އިސްމާއީލް ވަނީ ކޯޓްގައި ހެކިބަސް ދެއްވާފައެވެ.

އަމްޖަދު ވިދާޅުވެފައިވަނީ އޭގެ ތެރެއިން އެއްމިލިއަން ޑޮލަރު އެ ކުންފުނީގެ އެކައުންޓްގައި ބެހެއްޓުމަށް ފަހު ބައިކީ ހުރި ހަތަރު މިލިއަން ޑޮލަރު މޮންޓަލައޯން އިންޓަނޭޝަނަލްގެ އެކައުނަޓަށް ޖަމާ ކުރުމަށް ތައްޔާރު ކޮށްފައިވާ ޗެކްތަކެއް އަދީބުގެ އެދިވަޑިއިގަތުމަކަށް އެކުންފުނީގެ ހިއްސާ ދާރަކަށް ހަވާލުކުރައްވާފައިވާނެ ކަމަށެވެ.

comment ކޮމެންޓް