ސަން ބަދިގެ: ޕޭންކޭކް

ބޭނުންވާ ތަކެތި:

  • 1 ޖޯޑު ފުށް
  • 3 ސައިސަމުސާ ބޭކިން ޕައުޑަރު
  • 3 ސައިސަމުސާ ހަކުރު
  • 1.5 ޖޯޑު ކިރު
  • 2 ބިސް
  • 3 މޭޒުމަތި ސަމުސާ ބަޓަރު (ދިޔާކޮށްފައި)
  • 1/2 ސަމުސާ ވެނީލާ އެސެންސް
  • ލޮނު ކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

  1. ބޮޑު ބޯތަށްޓެއްގައި ހަކުރާއި ބިސް އެއްކޮށް ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ބަޓަރު އެއްކޮށް އިތުރަށް ގިރާށެވެ. ރަނގަޅަށް އެއްވުމުން އެސެންސް އަދި ކިރު އެޅުމަށް ފަހު ގިރާށެވެ.
  2. ދެން ފުށާއި ރަހަ ލާ ވަރުގެ ލޮނު ކޮޅެއް އަޅައި، ހުރިހާ އެއްޗެއް އެއްވަންދެން ގިރާށެވެ.
  3. އެއަށްފަހު ކޭކު ފޮޅި ފިހާ ގޮތަށް، ތަވައެއްގައި ފިހެލާށެވެ.
  4. ރީތިކޮށް ފިހެވުމުން، ޗޮކްލެޓު، މާމުއި ނުވަތަ މެޕްލް ސިރަޕް އަޅާލުމުން ކެއުމަށް ތައްޔާރުވީ އެވެ.
comment ކޮމެންޓް