ކުރިއަށް އޮތް ހަތަރު ދުވަހު މަގު ބަންދު ކުރުމުގެ ހުއްދަ ނުދޭން ނިންމައިފި

އަމީނީމަގު އިރުމަތީފަރާތު ސްޓެލްކޯ ކައިރީގައި މަގު ބަންދުކޮށްގެން މަސައްކަތްކުރަނީ: ކުރިއަށް އޮތް ހަތަރު ދުވަހު މަގު ބަނދު ކުރުމުގެ ހުއްދަ ނުދޭން ހައުސިންގް މިނިސްޓްރީ އިން ވަނީ ނިންމާފައި -- ސަންފައިލް ފޮޓޯ

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ ބަޔަކު މަގުތައް ބޭނުންކުރާނެތީ ކުރިއަށް އޮތް ހަތަރު ދުވަހު މާލޭގައި މަގު ބަނދުކުރުމުގެ ހުއްދަ ނުދޭން ހައުސިންގެ މިނިސްޓްރީ އިން ނިންމައިފި އެވެ.

އެ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރަމަޝާން މަހަށް ތައްޔާރުވުމަށް މީހުން މަގުތައް ބޭނުންކުރާ މި ދަނޑިވަޅުގައި މަގު ބަންދުވުމަކީ ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އެހެންވެ އެންމެންގެ ފަސޭހައަށް ޓަގައި މަގު ބަންދުކުރުމުގެ ހުއްދަ ކުރިއަށް އޮތް ހަތަރު ދުވަހު ނުދޭން ނިންމީ ކަމަށް ހައުސިންގް މިނިސްޓްރީ އިން ބުނެ އެވެ.

މިމަހުގެ ފަހަކުން އަށް ވަނަ ދުވަހާއި ހަމައަށް މަގުބަންދުކޮށްގެން ގޭގޭގައި ޝީޓު އެޅުމާއި މަސައްކަތްކުރުމުގެ ހުއްދަ ނުލިބޭނެ ކަމަށް ހައުސިންގެ މިނިސްޓްރީ އިން ބުނެ އެވެ.

މީގެ ކުރިން މޭލޭ މަގުތަކުގައި މަސައްކަތްކުރާ ނަމަ އެ ހުއްދަ ނަގަން ޖެހޭނީ މާލޭ މުނިސިޕަލްޓީ ނުވަތަ ސިޓީ ކައުންސިލުންނެވެ. ނަމަވެސް ކައުންސިލަށް ލިބިގެންވާ ބައެއް ބާރުތައް ހައުސިންގެ މިނިސްޓްރީގެ ދަށަށް ބަދަލު ކުރި ފަހުން މަގު ބަންދު ކުރުމުގެ ހުއްދަ ދޭނީ ހައުސިންގް މިނިސްޓްރީއިންނެވެ.

comment ކޮމެންޓް