ވަޅިން ހަމަލާދީ ޒަހަމްކޮށްލި ކުއްޖާގެ ހާލު މިހާރު ރަނގަޅު: އޭޑީކޭ

މާރާމާރީ އާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

މިދިޔަ ހުކުރު ދުވަހުގެ ރޭ ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލި 17 އަހަރުގެ ކުއްޖާގެ ހާލު ރަނގަޅުކަމަށް އެކުއްޖާއަށް ފަރުވާދެމުން ގެންދާ އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު ސަން އަށް ވިދާޅުވީ، އެކުއްޖާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި އަދި މިހާރުވެސް އެހޮސްޕިޓަލުން އޭނާއަށް ފަރުވާދެމުން އަންނަ ކަމަށެވެ.

އެ ކުއްޖާއަށް ވަޅިން ހަމަލާދިނީ ކާކު ނުވަތަ ކޮންބަޔަކު ކަމެއް އަދި އެ ހަމަލާގައި ކުއްޖާއަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ލިބޭގޮތެއްނުވެއެވެ.

ހެންވޭރު އަބަދަށްފަހި މަގުން އެކުއްޖާއަށް ވަޅިން ހަމަލާދިނުމަށްފަހު އެކުއްޖާގެ އަތުގައި އޮތް ފޯނުވެސް ވަނީ ފޭރިގެންފައެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ އެމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

comment ކޮމެންޓް