ޔުނައިޓެޑު ކުރިއަށް އޮތް އަހަރެއް ތެރޭގައި ވަރުގަދަކޮށް ފެންނާނެ: މާޓާ

މާޓާ: އޭނާ ބުނީ ޔުނައިޓެޑް އަކީ ކާމިޔާބް އަށް މަސަތްކަތް ކުރާ ވަރުގަދަ ޓީމެއް ކަމަށް ---

އިނގިރޭސް ފުޓްބޯޅައިގެ ރަސްގެފާނުންގެ ގޮތުގައި މަޝްހޫރުވެފައިވާ މެންޗަސްޓާ ޔުނައިޓް، ވޭތުވެ ދިޔަ ތިން އަހަރު ވެސް ޓްރޮފީއެއް ކާމިޔާބު ކުރެވިފައިނުވާ އިރު ކުރިއަށް އޮތް އަހަރެއް ތެރޭގައި އެ ޓީމް ވަރަށް ވަރުގަދަކޮށް ފެންނާނެ ކަމަށް މިޑްފީލްޑާ ހުއާން މާޓާ ބުނެފިއެވެ.

ޗެލްސީން 2014 ވަނަ އަހަރު ޔުނައިޓެޑަށް ބަދުލުވި ސްޕެއިންގެ މާޓާ ބުނީ ކުރިއަށް މި އޮތް 12 މަސަ ތެރޭގައި އެ ޓީމް ފެނިގެންދާނީ ވަރަށް ވަރުގަދަކޮށް ކަމަށާއި ކުރިއެކޭ އެއްގޮތަށް އެ ޓީމްގެ މަގުސަދަކަށް ވާނީ ޓްރޮފީތަކަށް ވާދަކޮށް ކާމިޔާބު ކުރުން ކަމަށެވެ.

"ޔުނައިޓެޑްގެ ހުރިހާ ވެސް މަގުސަދަކީ ކާމިޔާބީއަށް މަސަތްކަތް ކޮށް ކާމިޔާބީ ހާސިލް ކުރުން. އަހަރެން އެއްވެސް ސައްކެއް ނުކުރަން އެ އަޒުމުގައ ޔުނެއިޓެޑް ވަރަށް އަވަހަށް ފެންނާނެ ކަމާއި މެދުއެއް،" މާޓާ ބުންޏެވެ.

ޔުނައިޓެޑްގެ ކޯޗު ކަމުން 2013 ވަނަ އަހަރުގެ މޭ މަހުގައި އެ ޓީމްގް އެންމެ ކާމިޔާބް ކޯޗު ސާރ އެލެކްސް ފާގަސަން ވަކިވި ފަހުން އެ ޓީމަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ޓްރޮފީއެކެވެ. އެއީ ޑޭވިޑް މޮއިސްގެ އިރުޝާދުގެ ދަށުން އެ އަހަރު ކާމިޔާބު ކުރި ކޮމިއުނިޓީ ޝީލްޑްއެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެއްވެސް ޓްރޮފީއެއް ކާމިޔާބު ކުރެވިފައިނުވާއިރު ޔުނައިޓެޑް ވެގެން ދަނީ އިނގިރޭސި ޕްރިމިއާ ލީގް 20 ފަހަރު ކާމިޔާބުކޮށް އިނގިރޭސި އެންމެ ކާމިޔާބު ޓީމަށެވެ.

މި ސީޒަން ލީގުގެ ފަސް ވަނާގައި އޮވެ ޔުނައިޓެޑުން ނިންމާލިއިރު ކުރިއަށް އޮތް އެފްއޭކަޕްގެ ފައިނަލުން ކުރިސްޓަލް ޕެލަސްގެ މައްޗަށް ކުރި ހޯދައި ޓްރޮފީއަކާ އެކު ސީޒަން ނިންމާލުމުގެ ފުރުސަތު ޔުނައިޓެޑަށް އަދި އެބަ އޮތެވެ.

comment ކޮމެންޓް