"އެސްޓާސް ސްކޫލް ސީޒަން ފެއަރ 2016"ގެ ނަސީބުވެރިޔާ ހޮވައިފި

"އެސްޓާސް ސްކޫލް ސީޒަން ފެއަރ 2016" ގެ ނަސީބުވެރިޔާ ހޮވުމަށް ބޭއްވި ގުރުއަތުލުން -- ފޮޓޯ: އެސްޓާސް

މި އަހަރުގެ ސްކޫލްތަކުގެ ކިޔެވުން ފެށުމާ ހަމައަށް އެސްޓާސް އިން ކުރިއަށް ގެންދިޔަ "އެސްޓާސް ސްކޫލް ސީޒަން ފެއަރ 2016" ގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

އެސްޓާސް ޝޯވްރޫމްގައި ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ގުރުއަތުލުމުގައި އެ ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވިފައި ވަނީ އަރުޝަމް (7843486) އެވެ.

ގުރުއަތުން ހޮވުނު ނަސީބުވެރިޔާ އަށް ވަނީ ޝީޝާ އިން ސްޕޮންސަރ ކޮށްފައިވާ ސްކޫޕީ ކްލަބް 12 މޯޓަރސައިކަލެއް ހަދިޔާކޮށްފަ އެވެ. އަދި އެ ސައިކަލު ހިލޭ ރަޖިސްޓްރީ ކުރުމާއި، އަހަރީ ފީގެ އިތުރުން ރޯޑް ވާދިނަސް ހަދައިދިނުމާއި ސައިކަލުގެ ނަމްބަރު ބޯޑު އަދި ތާޑް ޕާޓީ އިންޝުއަރެންސް ވެސް އަރުޝަމް އަށް ލިބިގެންދާނެ ކަމަށް އެސްޓާސް އިން ބުންޏެވެ.

އެސްޓާސްގެ ސްކޫލް ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ސްކޫލުތަކުގެ ކިޔެވުން ފެށުމާ ހަމައަށެވެ.

ޕްރޮމޯޝަންގެ ދަށުން އެސްޓާސް އިން ނެގި ކޮންމެ ފޮތް ލިސްޓަކަށް ހަދިޔާއަކާއި އެކު ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިގެންގޮސްފަ އެވެ.

comment ކޮމެންޓް