ކޮރެއާ ސްކައުޓް އެސޯސިއޭޝަންގެ ފްރެންޑްޝިޕް އެވޯޑު ރާއްޖޭގެ ކޮމިޝަނަރަށާއި ޑެޕިއުޓީއަށް

ކޮރެއާ ސްކައުޓް އެސޯސިއޭޝަނުން، ދިވެހި ސްކައުޓް އެސޯސިއޭޝަންގެ ނައިބު ކޮމިޝަނަރު ޖަމީލް އުސްމާނަށް ފްރެންޑްޝިޕް އެވޯޑު ހަވާލުކުރައްވަނީ --

ކޮރެއާ ސްކައުޓް އެސޯސިއޭޝަނުން ދޭ އިންޓަނޭޝަނަލް ފްރެންޑްޝިޕް އެވޯޑު، ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުގެ ޗީފް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރަށް ލިބިވަޑައިގެންފި އެވެ.

ސްކައުޓް އެސޯސިއޭޝަނުގެ ޑެޕިއުޓީ ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން "ސަން" އަށް ވިދާޅުވީ، ކޮރެއާ ސްކައުޓް އެސޯސިއޭޝަނުން ދޭ އިންޓަނޭޝަނަލް ފްރެންޑްޝިޕް އެވޯޑަކީ، ބައިނަލްއަގުވާމީ ސްކައުޓިންގްއަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށެވެ.

މި އެވޯޑު، ސްކައުޓް އެސޯސިއޭޝަނުގެ ޗީފް ކޮމިޝަނަރު ހުސައިން އަބްދުﷲ އަށާއި ޑެޕިއުޓީ ކޮމިޝަނަރު ޖަމީލް އުސްމާނަށް މިއަދު ހަވާލު ކޮށްދިނީ، ކޮރެއާ ސްކައުޓް އެސޯސިއޭޝަނުގެ އިންޓަނޭޝަނަލް ކޮމިޝަނަރު ސައިމަން ހަންގް ބޮކް ރީ އެވެ.

ކޮރެއާ ސްކައުޓް އެސޯސިއޭޝަނަކީ، ސްކައުޓިންގއާ ބެހޭ އެގައުމުގެ ގައުމީ ޖަމިއްޔާ އެވެ.

comment ކޮމެންޓް