މޫސުން ގޯސްވުމުން ރައީސްގެ ހޯރަފުށީ ދަތުރުފުޅު ފަސްކުރައްވައިފި

ހޯރަފުށީ ބަނދަރު ސަރަހައްދު ޒީނަތްތެރިކޮށްފައި-ސަންފޮޓޯ/މުހައްމަދު ސިމާއު

ހޯރަފުށިން: މުހައްމަދު ސިމާއު

ރައީސް އަބްދުﷲ ޔާމީން ހއ. ހޯރަފުއްޓަށް ކުރައްވަން ހަމަޖެއްސެވި ދަތުރުފުޅު މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރައްވައިފި އެވެ.

ރައީސް ހޯރަފުއްޓަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ އެ ރަށުގައި އެންވާރަމަންޓް މިނިސްޓްރީން އިން ކުރިއަށްގެން ދިޔަ ނަރުދަމާގެ މަޝްރޫއު އިފްތިތާހުކުރެއްވުމާއި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށެވެ.

ހޯރަފުށީގައި ހުރި އެންވާރަމަންޓް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން ރައީސްގެ ދަތުރުފުޅު އަންނަ ބުދަ ދުވަހަށް ފަސްކުރެވިފައިވާ ކަމަށެވެ.

ރައީސް މިއަދު ހޯރަފުއްޓަށް ވަޑައިގަންނަވަން ހަމަޖެހިފައިވާތީ، ރަށުގެ ބަނދަރު ސަރަހައްދާއި ރަށު ތެރެ ވަނީ ވަރަށް ރަނގަޅަށް ތައްޔާރުކޮށް، ޒީނަތްތެރިކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ މީހުން ރަށަށް އައިސްފައިވާކަން ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް