ޝަޝީ ކަޕޫރުގެ ބަޔޮގްރަފީ ރިލީޒު ކޮށްފި

ޝަޝީ ކަޕޫރު--

ނަވާރަސަތޭކައިގެ އަހަރުތަކުގައި ފިލްމު އިންޑަސްޓްރީގައި ރަސްކަން ކުރި މަޝްހޫރު ތަރި، ޝަޝީ ކަޕޫރުގެ ބަޔޮގްރަފީ ރިލީޒު ކޮށްފި އެވެ.

ހަބަރުތައް ބުނާގޮތުން، ޝަޝީގެ އަމިއްލަ ދިރިއުޅުމާއި އަދާކުރި ވަޒީފާއާ ގުޅޭ ގޮތުން ލިޔެފައިވާ އެ ބަޔޮގްރަފީ ރިލީޒުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

"ޝަޝީ ކަޕޫރު- ދަ ހައުސްހޯލްޑާ، ދަ ސްޓާ"ގެ ނަމުގައި ނެރުނު ބަޔޮގްރަފީ ލިޔެފައި ވަނީ، އަސީމް ޗަބްރާ ނަމަކަށް ކިޔާ ފިލްމު ނޫސްވެރިއެއް ކަމަށް ހަބަރުތައް ބުނެ އެވެ.

ނަވާރަސަތޭކަ ތިރީސް އަށްވަނަ އަހަރު އުފަންވި ޝަޝީ ފިލްމީ ދާއިރާ އަށް ތައާރަފު ވެފައި ވަނީ 1948 ވަނަ އަހަރު އެވެ. އެގޮތުން އޭނާ ވަނީ އެ ދާއިރާގައި 50 އަހަރު ހޭދަކޮށްފަ އެވެ.

ފިލްމު އިންޑަސްޓްރީގައި ޝަޝީ ހޭދަ ކުރި ބައި ގަރުނު ތެރޭގައި އޭނާ ވަނީ މަގުބޫލު ގިނަ ފިލްމުތަކެއް ކުޅެފަ އެވެ.

ޝަޝީ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ޖުނޫން، ކަލްޔުގް، ނަމަކު ހަލާލް ނިއުދިއްލީ ޓައިމްސްފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް