އދ. ދިއްދޫގައި އިއާދަ ކުރަނިވި ހަކަތައިން ކަރަންޓް ބޭނުން ކުރަންފަށައިފި

އިއްޔެ ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޠާރިގު އެރަށުގައި އިއާދަކުރަނިވި ހަކަތަ އިފްތިތާހުކޮށްދެއްވަނީ ---- ފޮޓޯ/ އެންވަޔަރަންމަންޓް މިނިސްޓްރީ

އިއާދަ ކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު އދ. ދިއްދޫގައި ދުވާލު ގަޑީގައި ބޭނުން ކުރަންފަށައިފި އެވެ.

ބުރާސްފަތި ދުވަހު ހަވީރު ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި، އިއާދަ ކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ދިއްދުއަށް ދިނުން އިފްތިތާހިކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގު އިބްރާހީމް އެވެ.

އެ މަޝްރޫއަކީ އޭޝިއަންޑިވެލޮޕްމަންޓް ބޭންކާއި ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގި މަޝްރޫއެކެވެ.

އިއްޔެ ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޠާރިގު އެރަށުގައި އިއާދަކުރަނިވި ހަކަތަ އިފްތިތާހުކޮށްދެއްވަނީ ---- ފޮޓޯ/ އެންވަޔަރަންމަންޓް މިނިސްޓްރީ

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޠާރިގު ވިދާޅުވީ ދިއްދޫގައި ގާއިމުކޮށް އިފްތިތާހުކުރި އިއާދަ ކުރަނިވި ހަކަތަ އުފައްދާ ސިސްޓަމް ބޭނުންކޮށްގެން ދިއްދުއަށް ދުވާލުގަޑީގައި ބޭނުންވާ ކަރަންޓްގެ 40 ފަސެންޓަށް ވުރެ ބޮޑު އަދަދެއް އުފެއްދޭނެކަމަށެވެ.

"ދުވާލު ގަޑީގެ ގިނަވަގުތު ދެން ރަށަށް ކަރަންޓް ދޭން ޖެނެރޭޓަރު ހިންގާކަށް ނުޖެހޭނެ. ތެލުގެ ހަރަދު ކުޑަވެގެންދާނެ. އިންޖީނުގެ އަޑެއް ދެން ގިނަވަގުތަކު ނީވޭނެ،" މިނިސްޓަރު ޠާރިގު ވިދާޅުވި އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ދުވާލުގަޑީގައި ބޭނުންކުރާ ކަރަންޓްގެ 30 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ކަމަށް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

އިއްޔެގެ ރަސްމިއްޔާތުގައި މިނިސްޓަރު ޠާރިގު ވާހަކަ ދައްކަވަނީ ---- ފޮޓޯ/ އެންވަޔަރަންމަންޓް މިނިސްޓްރީ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންޑިރެކްޓަރު އަބްދުއްޝަކޫރު ވިދާޅުވީ، ސްޓެލްކޯއިން ކަރަންޓުދޭ ރަށްރަށުގެ ތެރެއިން ކޮންމެ އަހަރަކު މަދުވެގެން ދެރަށުގައި ސޯލާޕެނަލް ހަރުކޮށް އިއާދަކުރަނިވި ހަކަތަ ލިބޭނޭ ނިޒާމެއް ގާއިމުކުރައްވާނޭކަމަށެވެ.

އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫއު ގިނަ ރަށްތަކެއްގައި ކުރިއަށްގެންދަން ސަރުކާރުން ނިންމާފައިވާ އިރު، މިދިޔަ މަހު ވ. ރަކީދޫގެ ރައްޔިތުންނަށް އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ވަނީ ދޭންފަށާފަ އެވެ.

comment ކޮމެންޓް