އޭސް ހާޑްވެއާއާއި ކަލާރ ބޭންކުން ވިޔަފާރިކޮށްގެން ތިން ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

އޭސް ހާޑްވެއާ -- ފޮޓޯ/ކޯލޯޑް މޯލްޑިވްސް

އޭސް ހާޑްވެއާއާއި ކަލަރ ބޭންކުން 299 ރުފިޔާގެ ވިޔަފާރި ކޮށްގެން، ތިން ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭ ޚާއްސަ ރޯދަ ޕްރޮމޯޝަނެއް، އެ ދެ ފިހާރަ ގުޅިގެން ފަށައިފި އެވެ.

އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލުގެ ރާއްޖޭގެ ޕާޓްނަރު، އަދި ކަލަރ ބޭންކު ފިހާރަ ހިންގާ ކުންފުނި ކޯ ލޯޑް މޯލްޑިވްސް ޕވޓ ލޓޑ އިން ބުނީ، މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް، "އެންމެ ސަޅި ރޯދަ ސޭލް"ގެ ނަމުގައި ކުރިޔަށް ގެންދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ، ކަލަރ ބޭންކާއި އޭސް ހާޑްވެއާއިން 299 ރުފިޔާގެ ވިޔަފާރި ކޮށްގެން ލިބޭ ކޫޕަނެއް ފުރައިގެންނެވެ.

މި ކޫޕަން ފުރައިގެން، ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ތިން ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައި ވެ އެވެ.

އޭގެ އިތުރުން، މި ޕްރޮމޯޝަނުގެ ދަށުން، ރޯދަ މަހަށް ޚާއްސަ ބައެއް ޕްރޮޑަކްޓްތަކާއި މުދަލުން 80 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.

އަދި، އޭސް ހާޑްވެއާއިން ގަންނަ ކޮންމެ ކުލަ ދަޅަކާއި އެކު އެހެން ކުލަ ދަޅެއް ހިލޭ އލިބޭ އިރު، ކަލާރ ބޭންކުން ގަންނަ ކޮންމެ ކުލަ ދަޅަކާއި އެކު ކުލަ ލާ ރޯލު ނުވަތަ ފިހި ހިލޭ ލިބޭނެ އެވެ.

އޭސް ހާޑްވެއާގެ ފިހާރައެއް ރާއްޖޭގައި ފުރަތަމަ ހުޅުވީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭސް ހާޑްވެއާގެ ދެ ފިހާރައެއް މާލޭގައި ހުރެ އެވެ. ކަލަރ ބޭންކަކީ ކޯ ލޯޑް މޯލްޑިވްސްއިން 1994 ވަނަ އަހަރު އިފްތިތާހުކުރި ވިޔަފާރިއެކެވެ. ކަލަރ ބޭންކަކީ ދުނިޔޭގެ ނަން މަޝްހޫރު، ގިނަ ކުލަ ބްރޭންޑުތަކެއްގެ ސޯލް ޑިސްޓްރިބިއުޓަރެވެ.

comment ކޮމެންޓް